ލ. ކައްދޫ އިން ފުރައިގެން އެއަތޮޅު މާމެންދުއަށް ދެ މީހުންނާއެކު ދަތުރުކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި އެއިން ދަތުރުކުރި އަންހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ.

ޑިންގީ ބަންޑުން ޖަހާލުމުން ފިރިހެން މީހާ ވަނީ ފަތާފައި ކައިރީގައި އޮތް ސިކްސް ސެންސް ރިސޯޓަށް އަރާފައި ކަމަށް ފުލުހުން ބުންޏެވެ. އަދި އަންހެން މީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ ސިފައިން ކުރަމުން އަންނަ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ގެއްލިފައި ވަނީ 19 އަހަރުގެ އަންހެނެއް ކަމަށެވެ.