މިފްކޯގެ އެކްޓިންގް ސީއީއޯކަމުގައި ހުންނެވީ އިސްމާއިލް ފައުޒީ، އެ ކުންފުނީގެ ސީއީއޯގެ މަގާމަށް ހަމަޖައްސައިިފިއެވެ.

އޭނާ ސީއީއޯގެ މަގާމަށް އިއްޔެ އައްޔަނު ކުރިކަން މިފްކޯގެ ބެލެނިވެރި ކުންފުނި އެސްޓީއޯއިން ވަނީ ޔަގީން ކޮއްދީފައެވެ..

ފައުޒީއަކީ މީގެ ކުރިން މިފްކޯގެ އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

ފައުޒީ ސީއީއޯގެ މަގާމަށް އައްޔަނުކުރިއިރު އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރު ފާތިމަތު އާޝާން، މިފްކޯއަށް ބަދަލުކޮށް އެކުންފުނީގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އޭނާ ވަނީ އައްޔަނުކޮށްފައެވެ.

ފާއިތުވި ސަރުކާރުގައި، މިފްކޯގެ މާލީ ހާލާތު ދަށްވުމުގެ ސަބަބުން ވަނީ މަސްވެރިންނަށް ފައިސާ ނުދެއްކިފަ އެވެ. އެ ފައިސާ ދައްކައި މިފްކޯ ހަމައަކަށް އެޅުވުމަށް އެކި ފަހަރު މަތިން ސަރުކާރުން ވަނީ އެ ކުންފުންޏަށް ލޯނާއި އެހީ ދީފައެވެ.