ސިނަމާލެ ބްރިޖު ކައިރިން މާލޭގައި ހުންނަ ޓްރެފިކް ލައިޓުތައް ކައިރީގައި މިއަދު ހެނދުނު ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީީ އެ ހާދިސާ ހިނގީ މިއަދު ހެނދުނު 06:30 ކަން ހާއިރު ކަމަށެވެ.

އަނިޔާވި ހަތަރު މީހުންނަކީ އެވަގުތު ސައިކަލުތަކުގައި ތިބި މީހުންނަށެވެ. އެއް ސައިކަލުގައި ތިބީ 43 އަހަރުގެ ފިރިހެނަކާއި 13 އަހަރުގެ ފިރިހެން ކުއްޖެކެވެ. ދެވަނަ ސައިކަލުގައި ތިބީ 18 އަހަރާއި 17 އަހަރުގެ ދެ މީހުންނެވެ.

އޭގެ ތެރެއިން 18 އަހަރުގެ މީހާއަށް އޭޑީކޭގައި މިޙާރު ފަރުވާ ދެމުންދާ ކަމަށާއި އަދި އެ ހާދިސާގައި އޭނާގެ ކޮލުގެ ކަށިގަނޑެއް ބިންދައިގެން ގޮސް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި 43 އަހަރުގެ މީހާގެ ބަނޑުން ހަން މަށައިގެންގޮސް ކޮނޑު ހުޅު ނެއްޓިފަިއވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގި އިރު އެއް ސައިކަލްގައި ތިބީ 18 އަހަރާއި 17 އަހަރުގެ ދެމީހުން ކަމަށާއި އަދި އެ ސައިކަލް މިހާރު ޓޯކޮށްފައިވާ ކަމަށެވެ.

ސިނަމާލެ ބްރިޖު ހުޅުވިފަހުން އެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ބުރިޖު މަތީގައި ކުރާ ދަތުރުތައް ރައްކާތެރި ދަތުރުތަކަކަށް ހެދުމަށް އެ ތަނުން ދަތުރުކުރާއިރު ހެލްމެޓް އަޅަން ޖެހޭގޮތަށް ގަވައިދުވެސް ވަނީ ބަދަލުކޮށްފައެވެ. ހެލްމެޓު އެޅުން މަޖުބޫރުވާނީ އަންނަ މާޗު މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ.