22 Feb 2019, 13:16
ހދ. އަތޮޅުގައި އޮންނަ މީހުން ނޫޅޭ ކޭލަކުނަކީ ރާއްޖޭގައި އާދަޔާހިލާފު ސިފަތަކެއް ލިބިފައިވާ ރީތި ރަށެކެވެ. އެރަށް ލިބިފައިވާ ގުދުރަތީ ރީތި ކަމާ ތަފާތު ކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީން 2017 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ ރައްތަކުގެ ލިސްޓަށްވެސް އެރަށުގެ ނަން ވަނީ އިތުރުކޮއްފައެވެ.
ކޭލަކުނަށް ތަފާތު ރީތަކަމަކާ ހާއްސަ ސިފަތަކެއް ލިބިފައިވިޔަސް އެރަށަށް މާބޮޑު ސަމާލުކަމެއް މީގެ ކުރިން ލިބިފައެއް ނުވެއެވެ. ނަމަވެސް ސަރުކާރުން 2017 ވަނަ އަހަރު އެރަށް ޓޫރިޒަމްއަށް ހުޅުވާލަން ނިންމުމުން ތިމާވެއްޓަށް ލޯބިކުރާ އެތަކެއް ބަޔަކާއި އަދި ޖަމާއަތްތަކުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރުމުން އެރަށާ މެދު ގިނަ ބައެއްގެ ޝައުގުވެރިކަން އިތުރުވިއެވެ.
ކޭލަކުނު ތަފާތުވަނީ ކިިހިނެއް؟
ރާއްޖޭގެ އެންމެ އުތުރު ސަރަހައްދުގައި އޮތް ކޭލަކުނަށް ޒިޔާރަތް ކުރާ ކޮންމެ މީހަކަށްވެސް އެންމެ ބޮޑަށް އަޅައިގަންނަނީ އެރަށުގެ ބިޔަ ޖަންގައްޔެވެ. މިއީ އެފަދަ ހަގީގީ ބިޔަ ޖަންގަލި ނުވަތަ "ފޮރެސްޓެއް" ރާއްޖޭއިން ފެންނަން އޮންނަ ހަމައެކަނި ރަށެވެ. ކޭލަކުނުގައި ގަސްތައް ކައިރި ކައީރިގައި ހެދިފައިވާއިރު، އެވްރެޖްކޮށް 100 އަކަ މީޓަރުގެ ސަރަހައްދެއްގައި 20 ގަސް ހެދިފައި ހުރެއެވެ. ބޮޑުމިނުގައި 80.23 ހެކްޓަރު ހުންނަ އެ ރަށުގައި ބޮޑު ކުޅިއެއް ވެސް އޮވެ އެވެ. އެ ރަށުގެ ކުޅީގެ ބޮޑުމިނުގައިވެސް 10 ހެކްޓަރު ހުރެއެވެ. މިއީ ގާތްގަނޑަކަށް ހަތަރު ފުޓްބޯޅަ ދަނޑާ އެއްވަރުގެ ސަރަހައްދެކެވެ.
The wetland area of Keylakunu is continuous on the southeastern side of the island; majority of the wet land area is inaccessible due to thick vegetation. The entire wetland is estimated to cover an area of 10.8ha; 9.8% of the whole island.#savekeylakunupic.twitter.com/3GKdBtbH9e
— Bluepeace (@bluepeacemv)December 2, 2017
މިރަށުގެ ބޮޑު ބަޔަކީ ޗަސްބިމެވެ. އެ ޗަސް ބިމުންވެސް އެންމެ ބޮޑަށް އަޅައިގަންނަނީ އެތަނުގައި މާސިންގާކޮށް ހެދިފައި ހުންނަ ބާވަތެއްގެ ގަހެއް ކަމަށްވާއަވިސެނިއާ މެރީނާ ނުވަތަ ބަރު ގަހެވެ.މިއީ މެންގްރޫވްސް ނުވަތަ ކުޅިތަކުގައި ހެދޭ ބާވަތެއްގެ ގަހެކެވެ.

ކޭލަކުނުގެ ކުޅި---ފޮޓޯ: ޓުވިޓާ
"އެ ގަސް ރާއްޖެއިން ފެނުނަސް އެހާ ފަލަ، ބަރު ގަހެއް ރާއްޖެ ކީއްކުރަން، މުޅި ދުނިޔޭގައި އެހާ ފަލަ ބަރު ގަހެއް ހުރިކަމަކަށް އަޅުގަނޑަކަށް ނުދެންނެވޭނެ. އަޅުގަނޑަށް ހަމަ ވަކާލާތުކޮށްފަ ބުނަން ކެރިދާނެ،" އެންވާރަމަންޓް ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރު ޖެނަރަލް މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) "ސަން"އަށް ވިދާޅުވިއެވެ.
ބަރު ގަހުގެ އިތިރުން ކަނޑުލާއި ރަނޑޫ ފަދަ ގަސް ވެސް އެރަށުން ފެނެއެވެ. އޭގެ އިތުރުން ތަފާތު ދޫނީގެ އެކި ބާވަތްތައް ކޭލަކުނުން ފެންނައިރު، މިރަށަކީ ވެލާ ބިސް އަޅަންވެސް އަރާ އުޅޭ ރަށެކެވެ.
ތާރީހީގޮތުންވެސް ފާހަގަކޮށްލެވޭ ރަށެއް
ގުދުތަރީ ރީތި ސިފަތަކުގެ އިތުރުން މިރަށަކީ ތާރީހީގޮތުންވެސް ފާހަގަކޮށްލެވޭ ރަށެކެވެ. އެރަށުގެ ނަން ބުނެފިނަމަ "ކޭލަކުނު ތަޅާލި ވިއްސާރައިގެ" ވާހަކައަކީ އާންމުކޮށް އިވޭ ވާހަކައެކެވެ.
ކޭލަކުނު ތަޅާލި ވިއްސާރަ ޖެހުނީ މީލާދީ ގޮތުން 1820 ވަނަ އަހަރު ކަމުގައި ބުނެ އުޅެއެވެ. އެގޮތުން އެއްދުވަހެއްގެ އަސުރު ވަގުތު ވެހެން ފެށި ބޯ ވާރޭ އަނެއް ދުވަހުގެ އަސުރުުވަގުތާ ހަމައަކަށް ދެމިއޮތް ކަމަަށް ބުނެ އުޅެއެވެ. ރާއްޖެއާ ބެހޭގޮތުން ތާރީހީ ގިނަ ލިޔުންތަކެއް ލިޔުއްވާފައިވާ އެޗްސީޕީ ބެލް ލިޔުއްވާފައިވާ ގޮތުގައި އެ ވިއްސާރަ ޖެހުނީ އައްސުލްތާން މުހައްމަދު މުއީނުއްދީންގެ ރަސްކަމުގައި ހިޖުރައިން 1235 ވަނަ އަހަރު ރަބީއުލްއައްވަލް މަހުގައެވެ.

ކޭލަކުނުގެ ބިޔަ ބޯ ޖަންގަލި --- ފޮޓޯ: ޓުވިޓާ
ތާރީހީ ގޮތުން ބުނެއުޅޭގޮތުގައި ކޭލަކުނު ތަޅާލި ވަރުގަދަ ވިއްސާރައާއެކު އެރަށް ފުނޑުފުނޑުވެ، ރަށުގެ މީހުންތައް ފައިބައިގެން އެންމެ ފަހުން ދިޔަގޮތަށް ފަޅުވިގޮތަށް އަދި އަދަށް ދާންވެސް ފަޅުވެފައި އޮތީއެވެ.
ކޭލަކުނު ހިމާޔަތް ކުރުމުގެ މާ ބޮޑު ޕްލޭނެއް ނެތް
ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާބެހޭ ގާނޫނު ގެ ދަށުން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހދ. ކޭލަކުނު ހިމާޔަތްކޮށްފައިވާއިރު އެރަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އެ އަތޮޅު ކައުންސިލުން ދާދި ފަހުން ވަނީ އިއުލާންވެސް ކޮއްފައެވެ.

ހދ. ކޭލަކުނު. ހިމާޔަތްކޮށްފައިވާ އެ ރަށް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފައި---
ނަމަވެސް ތިމާވެށީގެ ހައްގުގައި ރާއްޖޭގައި މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އިކޯކެއާއިން ވަނީ އެރަަށް ހިމާޔަތްކުރުމަށް މާބޮޑު އަމަލީ ޕްލޭންއެއް ނެތް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
Kandoo lakudi is strong and durable. It was used for boat building as well as in our traditional homes. Keylakunu has many mature Kandoo trees with immense#carbonoffset potential. It is a true natural#heritageworthy of conservation.#Maldives#Mangroves#ClimateAction#SDGspic.twitter.com/Trc60IYVop
— Adam Abdulla (@edzyadam)December 2, 2017
"އެރަށް ބަލަހެއްޓައިދޭނެ ފަރާތެއް ހޯދުމަށް ކައުންސިލުން އިއުލާން ކުރިޔަސް، އެ ކައުންސިލުގެ ގާބިލުކަން އިތުރުކުރަން ޖެހޭ. މިހާރު އެންމެ އެދެވޭ ގޮތަކަށް ނޫން ކައުންސިލުގެ ގާބިލުކަން ހުރީ. ބ. އަތޮޅުގައި ބަޔޯސްފިއާ ނިޒާމެއްގެ ދަށުން ހިންގާހެން ފަންޑުތައް ކަނޑައަޅައިގެން އެތަން ހިންގަން ޖެހޭ،" އިކޯކެއާގެ އެޑްވައިޒަރީ ޑިރެކްޓަރު މައީދު މުހައްމަދު ޒާހިރު ވިދާޅުވިއެވެ.

ކޭލަކުނު. މި ރަށުގަައި ވަށައިގެން ބިޔަ ޖަންގައްޔެއް ހެން ގަސްތައް ހެދިފައި ހުރޭ---ފޮޓޯ: ޓުވިޓާ
މައީދު ވިދާޅުވީ ދިގު މުއްދަތަކަށް އެތަން ބަލަހައްޓާއިރު، އެންމެ ރަނގަޅުގޮތަކީ އެންވާރަމަންޓް މިނިސްޓްރީއާއި ކައުންސިލާ ދެމެދު ޕާޓްނާޝިޕެއްގެ ދަށުން އެތަން ހިނގުން ކަމަށެވެ. އަދި އެތަނުގައި ތަމްރީނު ލިބިފައިތިބި މީހުން ތިބެން ޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މެނޭޖްމަންޓް ޕްލޭން އެކުލަވާލާއިރު ރައްޔިތުންގެ ބަސްވެސް އޭގައި ހިމަނަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.