21 Feb 2019, 19:58
ދިވެހިރާއްޖެއަށް އޮތް ފިކުރީ ހައްދު ފަހަނައެޅުމާއި ޓެރަރިޒަމްގެ ނުރައް ކަލަށް ތައުލީމީ ދާއިރާ އަހުލުވެރިކުރުވުމަށް އައްޑޫ ސިޓީގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ސީނިއަރ ވެރިންނަށް އަމާޒުކޮށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި އެވެ.
އެއްދުވަހުގެ އެ މުއްދަތަށް ކުރިއަށްދާ އެ މަސައްކަތު ބައްދަލުވުމުގައި އައްޑޫ ސުކޫލުތަކުގެ ޕްރިންސިޕަލުންނާއި ސުކޫލުތަކުގެ އިސްވެރިންނަށް ހައްދުފަހަނައަޅާފައިވާ ފިކުރުތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަ (އެންސީޓީސީ) އިން ބުންޏެވެ.
" މި މަސައްކަތު ބައްދަލުވުމުގައި މި މަޝްވަރާތައް ކުރެވެނީ ހައްދު ފަހަނައަޅާފައިވާ ފިކުރުތަކުގެ މީހުން މުޖުތަމައުގައި އުޅޭކަން ކުދިންނަށް ކިޔައިދޭނެ ގޮތާއި. ކުދިންގެ ބިހޭވިޔާ ދެނެގަނެއް. ކުދިންގެ ވާހަކަތައް އަޑުއެހުމުގައި އަމަލުކުރާނެ ގޮތްތަަކާ ބެހޭގޮތުން." އެންސީޓީސީން ބުންޏެވެ.
އެ މަސައްކަތު ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްްޓްރީ އޮފް އެޑިުއކޭޝަންގެ ސްޓޭޓް މިނިސްޓަރ ފާތިމަތު ނަސީރު ވިދާޅުވީ ޓެރަރިޒަމްއާއި ވައިލެންްޓް އެކްސްޓްރީމިޒަމް އަދި ވައިލެންޓް ކުށްތަކުގެ ތެރެއަށް ޒުވާނުން ވަނުން ހުއްޓުވުމަށް ތައުލީީމީ ދާއިރާާިރާ ސްކޫލްތަކުގެ ލީޑަރޝިޕް އަދި ޓީޗަރުންގެ ދައުރު މުހިންމު ކަމަށެވެ.

ފިކުރީ ހައްދު ފަހަނައެޅުން ހުއްޓުވުމަށް އައްޑޫ ސުކޫލުތަކާއެކު ބާއްވާ މަސައްކަތު ބައްދަލުވުން ފެށުން --- ފޮޓޯ/ އެމްއެންޑީއެފް
" ނުރައްކާތެރި ހައްދުފަހަނައަޅާ ދިއުމުގެ އޮއިވަރުގައި ޖެހުމުން ސަލާމަތްކޮށް. ފަރުދުންގެ މެދުގައި އިހްތިރާމްކުރުން އާލާކޮށް. ކުލުނާިއ ހަމްދަރުދީގެ ރިވެތި ސިފަތައް އާލާކޮށް. އަމާންކަމާއި ސުލްހައަށް ލޯބިކުރާ މުޖުތަމަޢުއެއް ބިނާކުރުމުގައި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ޒިންމާ ބޮޑު" ފާތިމަތު ނަސީރު ވިދާޅުވި އެވެ.
ނޭޝަނަލް ކައުންޓާރ ޓެރަރިަޒމް ސެންޓަރގެ ޑިެރކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިްއޔާ މަންސޫރު ވިދާޅުވީ ތަފާތު ފިކުުރުތަކުގެ ހައްދުފަހަނައަޅާދާ ދިވެހި ޒުވާނުންގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމަށްޓަކައި ތަޢުލީމަކީ ކްރިޓިކަލް ޓޫލްއެއްކަމަށާއި، ތައުލީމީ ދާއިރާއަކީ ވަރަށް އިސްދައުރެއް އަދާކުރެވޭނެ ދާއިރާއެއް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑްގެ ކޮމާންޑަރ ކާނަލް އިބްރާހިމް ރަޝީދު އަދި މޯލްިޑވްސް ޕޮލިސް ސަރވިްސގެ ސަދަން ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ރިޝްވާން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.