21 Feb 2019, 13:38
އިދިކޮޅު މައި ޕާޓީ، ޕީޕީއެމް ގެ ޕާލިމަންޓަރީ ގުރޫޕުގެ ލިޑަރު ވިލިމާލެ ދާއިރާ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ފުލުހުންގެ ވެހިކަލެއްގެ ފުރޮޅުދަށަށް ލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އެމަނަކިފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން ކުރި މުޒާހަރާގައި ފުލުހުންގެ ވެހިކަލެއްގެ ފުރޮޅު ދަށަށް ނިހާން ގަލެއް ލާ މަންޒަރު ފެންނަ ވީޑިއޯ އެއް ރޭ ވަނީ ޝޯޝަލް މީޑިއާގައި އާންމުވެފައެވެ.
އެކަމާ ގުޅިގެން ފުލުހުންގެ މީޑީއާ އޮފީޝަލް "ސަން" އަށް ވިދާޅުވީ، ނިހާން ފުލުހުންގެ ވެހިކަލްގެ ފުރޮޅަށް ގާބުރިއެއް ލި މައްސަލަ ބަލަން ނިންްމާފައިވާ ކަމަށާއި މިހާރު އެކަމާ ގުޅިގެން ބަލަން ހުރި ހުރިހާ ކަމެއް ބަލަމުން ގެންދާ ކަމަށެވެ.
"[ނިހާން ފުލުހުންގެ ވެހިކަލަށް ގާބުރި ލި] މައްސަލަ ބަލަން ވަނީ ނިންމާފައި. އެކަމާ ގުޅިގެން ބަލަން ހުރި ކަންތައް މިދަނީ ބަލަމުން،" ފުލުހުންގެ މީޑިއާ އޮފިޝަން ވިދާޅުވިއެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.
Breaking news: Mirey PPM ge muzahara therein@ahmed_nihan@PoliceMvvehicle ah huras alhan gaaburi eh laa video eh aamu vejje. Fiyavalhu alhaa!pic.twitter.com/BYwMwiwVYp
— Luke (@Lucasjalyl)February 20, 2019
މިކަމާ ގުޅިގެން ނިހާން "ސަން"އަށް ވިދާޅުވީ އެ ގާބުރި ފުލުސް ވެހިކަލުގެ ފުރޮޅުގެ ފަހަތަށް ލީ "އޮޅިގެން ނަމަވެސް އެ ވެހިކަލް ފަހަތަށް ދިއުމާއެކު ބަޔަކަށް ގެއްލުން ވެދަނެތީ، ފުލުހުންނަށް އެހީތެރިވެދިނުމަށް" ކަމަށެވެ.
އަދި އެއީ ފުލުހުންނަށް ހުރަސް އެޅުމަށް ކުރި ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.