ޑޮކްޓަރަކަށް ހެދިގެން ބަލިމީހުން ބަލަމުން ދިޔަ ބަންގުލަދޭޝްގެ ފިރިހެނަކު ފުލުހުން އަތުލައިގަނެ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 41 އަހަރުގެ އެމީހާ ހައްޔަރު ކުރީ މި މަހުގެ ދެ ވަނަ ދުވަހު ކަމަށާއި އޭނާ ދިރިއުޅުނު ތަން ބަލައި ފާސް ކުރި ކުރުމުން ޑޮކްޓަރުން ބޭނުންކުރާ ބައެއް ސާމާނު ހުރިއިރު ސެޓްފިކެޓްތަކެއް ވެސް ފެނިފައިވާ ކަމަށެވެ. އަދި ބުނީ އެމީހާ އަތުން ފެނުނު ތަކެތީގެ ތެރޭގައި ބަލިމީހުން ބަލަން ބޭނުންކުރާ ކަށިގަނޑާއި، އިންޖެކްޝަނާއި، ތަފާތު ވައްތަރުގެ ބޭހާއި އަދިވެސް އެފަދަ ގިނަ ޢަދަދެއްގެ ތަކެތި ހިމެނޭ ކަމަށެވެ

ފުލުހުން ބުނި ގޮތުގައި މިމައްސަލަގައި މިހާތަނަށް ބެލިބެލުމުން އޭނާ ފަރުވާދެމުން އަންނަނީ މުޅިންވެސް ބިދޭސީންނަށެވެ. މައްސަލަ އިތުރަށް ބަލަމުން އަންނާތީ ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށްޓަކައި އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ވަރަށް އަވަހަށް މިމީހާއާ ބެހޭ މައުލޫމާތުތައް މީޑިޔާއަށް ދޭނަން،" ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވި އެވެ.