މޯލްޑިވްސް އިސްލާމިކް ބެންކް (އެމްއައިބީ)އިން ދެމުންދާ ހުރިހާ ހިދުމަތެއް އެ ބޭންކުގެ އާ ހެޑް އޮފީހަށް ބަދަލުކުރަން ނިންމައިފިއެވެ.

އެމްއައިބީއިން ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އެމްއައިބީގެ ހުރިހާ ހިދުމަތެއް އެ ބޭންކުގެ އާ ހެޑްއޮފީސް ހ. މެދުޒިޔާރަތްދޮށުގެއަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.

މިހާރު އެމްއައިބީގެ މެއިން ބްރާންޗުން ދޭ ހުރިހާ ހިދުމަތެއް އެއް ފުރާޅެއްގެ ދަށުން ދޭން ފެށުމުން ހިދުމަތުގެ ފެންވަރު ހަރުދަނާކުރެވިގެންދާނެ ކަމަށް ބޭންކުން ބުންޏެވެ.

އެމްއައިބީގެ މެއިން ބްރާންޗު ދެން ހިންގާނީ އާ ހެޑްއޮފީހުގެ ގްރައުންޑް އަދު ފުރަތަމަ ފަންގިފިލާގައެވެ. ހެޑްއޮފީހުގެ ގްރައުންޑް ފްލޯގައި އޭޓީއެމްތައްވެސް ބަހައްޓަނެ ކަމަށް އެމްއައިބީއިން ބުންޏެވެ.

އޮފީސް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން އެމްއައިބީ އިން ވަނީ މައާފަށް އެދިފައެވެ.