ކޫރިއާ މެދުވެރިކޮށް ނެދަލެންޑުގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 96،000 ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގެންފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު ކަމަށެވެ.

ޕާރުސަލް ކަސްޓަމްސް އިން ބަލައިފާސްކުރި އިރު، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ 32 ގްރާމުގެ ހުދު ކުލައިގެ ކުނޑިތަކެއް ފެނިފައިވާ ކަމަށާއި މި ތަކެތި ކަސްޓަމްސް އިން އިތުރަށް ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކޭންއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ އިރު ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.