21 Feb 2019, 14:25
ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގް މޭޓެއް ޖުމްހޫރީ ޕާޓީން ހޮވުމަށް ނިންމި ހިސާބުން ފެށިގެން ފެތުރިގެން ދިޔަ އަޑަކީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ކައުންސިލް މެމްބަރު އާއިޝަތު ނަހުލާ އެ ޓިކެޓަށް ކުރިމަތިލެއްވިކަމުގެ އަޑެވެ.
ސޯޝަލް މީޑިއާގައި "ޕީޕަލްސް ލޭޑީ"، "ޓީމް އައިޝާ" އަދި "އިބޫ އައިޝާ 2018"ގެ ނަމުގައި ނަހުލާ ޕްރޮމޯޓުކުރުމުގެ ކެމްޕޭނުތަކެއް ވެސް ކުރިއަށް ދިޔަ އެވެ. އަދި ނަހުލާއަށް، ޖުމްހޫރީ ޕާޓީއަށް ލިބިފައިވާ ރަނިންގް މޭޓުގެ ޓިކެޓު ލިބެންޖެހޭކަމަށް ގިނަ ބަޔަކު ބުނަމުންވެސް ގެންދިޔަ އެވެ.
ސަން އޮންލައިންގެ "50 މިނިޓު"ގައި ވާހަކަދައްކަވަމުން، މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މިނިސްޓަރު އޮފް ޓްރާންސްޕޯޓު އާއިޝަތު ނަހުލާ ވިދާޅުވީ، ރަނިންގް މޭޓުގެ ޓިކެޓަށް އޭނާގެ ނަން ނޮމިނޭޓުކުރީ އެހެން ބައެއް ކަމަށެވެ.
Gulhifaivaa party thakuge running mate kamah@aishath_nahulagennan vee sababu thah#ibuaisha2018#imwithher@qasimibrahim@ibusolih@ibuaisha2018pic.twitter.com/3bEYY8fViV
— Team Aisha (@Team_Aisha)July 3, 2018
"ޖުމްހޫރީ ޕާޓީ ތެރެއިންނާއި އަދި ވެސް އެހެން ފަރާތްތަކަކުން ބޭނުންވެގެން އަޅުގަނޑުގެ ނަމާ އެކު ލީޑަރުންގެ ތެރޭގައި ދެކެވުނީ އެ ވާހަކަ،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީއިން ރިޔާސީ ޓިކެޓު އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުމަށް ފަހު ރަނިންގް މޭޓެއް ހޮވުމުގެ ފުރުސަތު ގާސިމްގެ ޖުމްހޫރީ ޕާޓީއަށް ދިނުމާ އެކު އެ ޕާޓީގެ ތެރެއިން ނަހުލާގެ އަޑު ގުގުމަން ފެށި އެވެ. އެއާ އެކު ހުރިހާ ދިމާލަކުން ވެސް އިވެންފެށީ ފާޑުކިޔުމުގެ ވާހަކައެވެ. އިއްޔެ ސިޔާސީ ދާއިރާއަށް ނުކުންނެވި، ދާއިރާގެ ތަޖުރިބާ ނެތް މީހަކަށް ގައުމުގެ ނައިބު ރައީސް ކަމަށް އައުމުގެ ފުރުސަތު ލިބޭ ޓިކެޓެއް ދީގެން ނުވާނެ ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ އެވެ. ޚާއްސަކޮށް އެމްޑީޕީގެ ތެރެއިންނެވެ.
Running mate kamah alhugandu kurimathi laan ulhey kamah dhekevey vaahaka thaka gulhigen nerey noosbayaan.@JPSecretariat@vaavu@Mihaarunews@raajjemv@sunbrk@vfp_mv@avasmvpic.twitter.com/ro25EI3Kzl
— Aishath Nahula (@aishath_nahula)July 12, 2018
ޖޭޕީއަށް ރަނިންގެ މޭޓު ހޮވުމުގެ ފުރުސަތު ދޫކޮށްލާފައި އޮތް އިރު، އޭރުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ "އަޅުގަނޑުމެން އެންމެންނަށް އެއްބަަސްވެވޭ ރަނިންގްމޭޓެއް ނަން ލިބޭނެކަމަށް" އުންމީދުކުރައްވާ ކަމަށެވެ. އަދި އޭރު ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވެސް ވިދާޅުވެފައި ވަނީ "ޖޭޕީ އިން ދައްކާނީ އެމްޑީޕީއަށް ގަބޫލުކުރެވޭ ރަނިންގްމޭޓެއް" ކަމަށެވެ.
ނަހުލާ "50 މިނިޓު"ގައި ވިދާޅުވީ އެވަގުތު މުހިންމީ ވަކި މީހަކު އެ މަގާމަށް ގެނައުމަށް އަރައިރުންވުމެއް ނޫން ކަމަށެވެ.
އެހެން ނަމަވެސް އެވަގުތުގެ މަސްލަހަތު ހުރި ގޮތަށް ބަލާފައި، ކަންތައް ކުރެވިގެން ދިޔައީ އެންމެ ރަނގަޅު ގޮތަށް ކަމަށް ވިދާޅުވި އެވެ.
"Running Mate kamah@Jumhooree_MVParty thereinnaai ehen faraaiythakakun beynun vegen alhuganduge nan leaderunge thereygai dhekevuny"
-Transport Minister@aishath_nahula#50Minute
Read More:https://t.co/nCDKfVNC49pic.twitter.com/DUiurHSysc— sun.mv (@sunbrk)February 21, 2019
އެ ދުވަސްވަރު ނަހުލާ ވަނީ އެކަމާ ގުޅިގެން ނޫސްބަޔާނެއް ވެސް ނެރުއްވައި، ރަނިންގް މޭޓުގެ މަގާމަށް ވާދަކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށާއި އެކަމަށް ޝައުގުވެރިކަން ވެސް ފާޅުނުކުރާކަން އާންމުންނަށް ސާފުކޮށްދީފަ އެވެ.
ނަހުލާ ވިދާޅުވީ އޭނާގެ ނަން އެދުވަސްވަރު ވައިގައި ހިފީ އޭނާ ބޭނުންވެގެން ނޫން ކަމަށެވެ. އަދި އެކަމަށް ބޭނުންވެ، މަސައްކަތްތަކެއް ކުރި ނަމަ ކަންތައް ނިމިގެން ދިޔަ ގޮތުގެ ނުތަނަވަސްކަން އިހުސާސްކުރެވުނީސް ކަމަށާއި، ނަމަވެސް އެކަން އެގޮތަށް ވެގެން ދިޔައީ "އެހެން މީހުން ބޭނުންވެގެން" ކަމަށެވެ.
"އެހެންވީމާ އަޅުގަނޑަކަށް ހިއެއް ނުވޭ އެކަހަލަ މައްސަލައެއް ދިމާވާން ޖެހޭނެ ހެނެއް،" ހިނިތުންވުމަކާ އެކު ނަހުލާ ވިދާޅުވި އެވެ.
އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގް މޭޓަކު ހޮވުމަށް ޖުމްހޫރީ ޕާޓީން ބޭއްވި އިންތިހާބުގައި އެއް ވޯޓުގެ ތަފާތަކުން ކުރި ހޯއްދެވީ އޭރުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމެވެ. ފައިސަލްއަށް 15 ވޯޓު ލިބިވަޑައިގެންނެވި އިރު އެންމެ ގާތުން ވާދަކުރެއްވީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނެވެ.