10 Oct 2011, 18:14
ޓޯކިޔޯ (އޮކްޓޯބަރ 10) : ޖަޕާނުގެ އިރުއުތުރުގެ ސަރަޙައްދުތަކަށް މިއަދު ބަރުގަދަ ބިންހެލުމެއް އަތުވެއްޖެވެ. ރިކްޓަ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މިބިންހެލުމާއެކު ހެދުނު 11.45 ގައި ވެރިރަށް ޓޯކިޔޯއަށް ގުޑުން އެރިކަމަށް އެރަށުގެ ރައްޔިތުން ބުނެއެވެ.
މިބިންހެލުން އައިސްފައިވަނީ މިދިޔަ މާޗްމަހުގެ 11 ވަނަ ދުވަހު ޖަޕާނަށް ކުރިމަތިވި ވަރުގަދަ ބިންހެލުން އައި ސަރަޙައްދުތަކަށެވެ. ނަމަވެސް މިއަދުގެ ބިންހެލުމާ ގުޅިގެން ގެއްލުން ލިބުނު ކަމުގެ އެއްވެސް މަޢްލޫމާތެއް ލިބިފައިވާ ނުވާކަމަށް ޖަޕާންގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
މީގެއިތުރުން މިއަދުގެ ބިންހެލުމާގުޅިގެން ސުނާމީގެ އިންޒާރެއްވެސް ނެރެފައެއް ނުވެއެވެ. މިދިޔަ މާރޗްމަހު ޖަޕާނަށް އައި ބާރުގަދަ ބިންހެލުމުގައާއި އެއާއެކު އެރި ސުނާމީ ބޮޑު ރާޅުތަކުގައި 15 ހާސް މީހުން މަރުވެ 4 ހާހެއްހާ މީހުން ގެއްލި އެތަށް ހާސްބަޔަކު ޒަޚަމްވެފައިވެއެވެ. -- ރޮއިޓާސް