21 Feb 2019, 13:04
ފުރަތަމަވެސް ސަން އޮންލައިންގެ ޕްރޮގްރާމް ސްޓޫޑިއޯއަށް ވެދެވަޑައިގަތުމާއެކު ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާއަށް ވިދާޅުވެވުނީ "މިހާރު ވެސް ފިނިވެއްޖެ!"އޭ އެވެ.
ސަން އޮންލައިނުގެ "50 މިނިޓު" ޕްރޮގްރާމުގެ ރެކޯޑިން ފެށުމާ ހަމައަށް ވަރަށް "ކޫލްކޮށް" އިންނެވި ނަމަވެސް، މިނިސްޓަރު ނަހުލާގެ މޫނުމަތިން ވިދަމުން ދިޔަ ހިނިތުންވުމުގެ ތެރެއިން އެއްކަލަ "ފިނިކަން"ވެސް ކޮންމެވެސް ވަރަކަށް ފެނުނެވެ.
އައްޑޫ ސިޓީގެ ގަމަށް ސައުތު އެފްރިކަން އެއާލައިންސްގެ ދަތުރުތައް ފެށުމާ ގުޅިގެން އެ ސިޓީގައި މިދިޔަ ޑިސެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެވެ. މިނިސްޓަރު ނަހުލާ ދެއްވި އެންމެ ފުރަތަމަ "ބޮޑު" ޕްރެސް އެވެ. މިނިސްޓަރުގެ ވާހަކަފުޅަށް ފަހު ދެން އިންނެވި ބޭފުޅާ ވާހަކަ ދައްކަން ފުރުސަތު ދެއްވައި، ކައިރީގައި އިންނެވި ބޭފުޅާ ގާތު "އައި އެމް ރިއަލީ ނާވަސް"އޭ މަޑުމަޑުން ވިދާޅުވި އަޑު މުޅި ރާއްޖެއަށް އިވުނެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވި ގޮތުގައި، މިއީ ހަމަ އިންސާނީ ތޮބީއަތެވެ.
"50 މިނިޓު"ގައި ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ ޝޯގައި ކިތަންމެ ކޫލްކޮށް އިންނެވި ނަމަވެސް ހުންނެވީ ވަރަށް ނާވަސްވެފައި ކަމަށެވެ.
"Alhuganduge huri ihsaaseh, alhugandu e vaguthehgai birugenfai huriyya ehen bunumakee massalaeh noon"
-Minister of Transport and Civil Aviation@aishath_nahula@MOTC_MV#50Minute
Read morehttps://t.co/cEYYE6cJUtpic.twitter.com/4ZqzlKtldJ— sun.mv (@sunbrk)February 21, 2019
"އެކަމަކު ވެސް ވާހަކަ ދައްކަނީނޫންތޯ މި؟ ކެމެރާ ކުރިމައްޗަށް އެރީމާ ނާވަސް ވާ މީހުން ތިބޭނެ. އަޅުގަނޑު ގަބޫލެއް ނުކުރަން އެއީ މައްސަލައެއް ކަމަށް،" ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ އިތުބާރާއި ލޯބި ހޯއްދެވި ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވި އެވެ.
"ބިރުގަނެފައި ހުންނަ ވަގުތު އެ އިހުސާސް ހާމަކުރުމަކީ މައްސަލައެއް ނޫން،"
މިނިސްޓަރު ކަމަށް އައްޔަނު ކުރެއްވުމުން ނަހުލާ އަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އެންމެ ބޮޑު ގޮންޖެހުމަކީ އެއްވެސް ތަޖުރިބާއެއް ނެތް މީހަކު ވަޒީރު ކަމަށް އައްޔަނު ކުރެއްވުމުން ކުރިމަތިވި ފާޑުކިޔުންތަކެވެ. ނަހުލާގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް އެކަމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވި އެވެ.
ފާޑުކިޔުންތަކާ އެކު ވެސް ނަހުލާ ގެންދެވީ މަގާމުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރައްވަމުންނެވެ. ޓްރާންސްޕޯޓު ނިޒާމު ހަމައަކަށް އަޅުވައި، ހަރުދަނާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ.