ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވަން ވިނގިލިދީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ފޯމު ހުށަހަޅުއްވައިފި އެވެ.

ރިޔާސީ އިންތިހާބުގައި ކޯލިޝަން ސަރުކާރު ގެންނަން ކެމްޕެއިން ކުރި ސައުދު ވަނީ އިންތިހާބަށް ފަހު ކޯލިޝަަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގެންފަ އެވެ. އެ ޕާޓީން ވަނީ އޭނާ މަޖިލީސް އިންތިހާބުގައި ވާދަ ކުރުމަށް ޓިކެޓުވެސް ދީފަ އެވެ.

ނަމަވެސް، ސައުދު ވަނީ ޖޭޕީގެ ޓިކެޓު ދޫކުރައްވަން ނިންމަވައިފަ އެވެ. މަޖިލިސް އިންތިހާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވަން އޭނާ މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޯމުވެސް ހުށަހަޅައިފަ އެވެ.

ވިލިނގިލި ދާއިރާގެ ގޮނޑި ދިފާއު ކުރެއްވުމަށް ސައުދު ނުކުންނަވާފައިވާ އިރު، އޭނާއާ ދެކޮޅަށް އެމްޑީޕީން ވާދަ ކުރައްވަނީ އެ ޕާޓީގެ ކެންޑިޑޭޓޫ ހާރޫން ރަޝީދު އެވެ. ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވާދަ ކުރައްވަނީ ޝަހީބު އިބްރާހިމް (ކާފާ) އެވެ.