20 Feb 2019, 15:38
"މަސްދޯނި އެކައުންޓް" އިފްތިތާހްކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގއ.ވިލިނގިލި އަދި ކޫއްޑޫއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރު ފަހު އެ އަތޮޅަށް ފުރާވަޑައިގެންފި އެވެ.
އެ ދަތުރުފުޅުގައި ގއ. އަތޮޅު ކައުންސިލާ ބައްދަލުކޮށް ވިލިނގިލި ކައުންސިލާ ބައްދަލުކޮށްލެއްވުމުގެ އިތުރުން ވިލިނގިލީ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކޮށްލެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ސާލިހް މާލެ ވަޑައިގަންނަ ވާނީ މިރޭގެ ވަގުތެއްގަ އެވެ.