10 Oct 2011, 17:57
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފަސް މެންބަރުންގެ ސަބް ކޮމެޓީއެއްގެ އެކުލަވާލައިފިއެވެ.
ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހު އިންޑިޔާގެ ނިއު ދިއްލީގެ ނެހްރޫ ސްޓޭޑިއަމްގައި ބާއްވާ ހަތް ވަނަ ސާފު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ އެފްއޭއެމް އިން މިއަދު އެކުލަވައިލި ފަސް މެންބަރުންގެ ކޮމެޓީގެ ޗެއާމަނަކީ1984 ވަނަ އަހަރު އޮތް ފުރަތަމަ ސާފް ގޭމްސްގައި ވާދަކޮށް، ލޯ މެޑަލް ހޯދި ޓީމުގެ ކެޕްޓަންކަންކުރި އިބްރާހިމް ނޫރައްދީނެވެ.
ނޫރައްދީނުގެ އިތުރުން ކޮމެޓީގައި ދެންހިމެނެނީ އެސްކޯގެ ޕެރިސް ނަސީމާއި އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓުން މައުރޫފް އަހުމަދު (މާއްޓޭ) އާއި ނިއުރޭޑިއަންޓާއި ގައުމީ ޓީމްގެ ކުރީގެ ޑިފެންޑަރު އަހުމަދު ނިޔާޒް އެވެ. ކޮމެޓިގައި ހިމެނޭ ފަސް ވަނަ ބޭފުޅަކީ ކޮބާކަމެއް އަދި އެފްއޭއެމް އިން ހާމަ ކޮށްފައެއް ނުވެއެވެ.