އަހަރުގެ ފުރަތަމަ ބޮލޮކްބަސްޓާ ފިލްމު "ގޮށްރާޅު" މިވަނީ އަތޮޅުތެރެއަށް ވެސް ބިންދާލާފައެވެ.

މި ހަފްތާގެ 21 އިން 23 އަށް ފިލްމު އޮލިމްޕަހުގައި ދައްކަން ވަނީ ނިންމާފައެވެ. އަދި އެ ތިން ޝޯއަށް ވެސް ޓިކެޓް ވިއްކަމުންދާއިރު 9911229 އާ ގުޅައިގެން ވެސް ޓިކެޓްގެ ކަންތައް ހަމަޖެއްސޭނެ ކަމަށް އެ ފަރާތުން ބުނެ އެވެ. އެ ތިން ޝޯ ވެސް ދައްކާނީ ރޭގަނޑު 21:00ގަ އެވެ.

"ގޮށްރާޅު" 21 ފެބްރުއަރީ (ހުކުރު) ދުވަހުގެ ރޭ ރ މަޑުއްވަރީ، ށ މިލަންދޫ އަދި ލ ގަމުގައި ވަނީ އަޅުވަން ނިންމާފައެޗެ. މިލަންދޫ މަލްޓި ޕްރޮޕޯސަލް ހޯލުގައި މާދަމާ ރޭ 21:00 ޖަހާއިރު ފިލްމު އަޅުވާއިރު ޓިކެޓްގެ ކަންތައްތައް 7827678 ނުވަތަ 7715898 އާ ގުޅައިގެން ހަމަޖެހޭނެއެވެ.

ގޮށްރާޅު ހަފްތާ ބަންދުގައި އަޅުވާ ރަށްތައް---

ލ ގަން ތުނޑީ އަވަށުގެ އިހަވަންދޫ ސްކޫލު ހޯލުގައި ވެސް މާދަމާ ރޭ ފިލްމު އަޅުވާއިރު ޓިކެޓްގެ ކަންތައްތައް 7729997 އާ ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.

އެ ފިލްމުގެ ތަރިންނަކީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ރަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ޖުމައިހު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

މޫމިން ފުއާދުގެ ވާހަކައަކަށް އެ ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ މުހައްމަދު އަލީ (މޮގާ)އެވެ.

ފިލްމު 22 ވަނަ ދުވަހުގެ ރޭ އަޅުވާނީ ރ އުނގޫފާރު ، ހއ ބާރަށް އަދި ލ ފޮނަދޫގައެވެ.

"ގޮށްރާޅު" ފިލްމު އަޅުވާ ރަށްތައް--

މުޖުތަމައުގައި މިއަދު އާންމުވެފައިވާ މައްސަލައަކަށް "ގޮށްރާޅު" ވަނީ އަލިއަޅުވާލާފަ އެވެ. މުޖުތަމައުގައި މަދުން ނަމަވެސް މިއަދު ހިނގާ ހިތްދަތި އެ ހާދިސާއަށް ފިލްމު ވަނީ އަލިއަޅުވާލައިފަ އެވެ. މިއަދުގެ މުޖުތަމައު އެފަދަ ފިލްމަކަށް ބޭނުންޖެހިފައި އޮއްވާ އެފަދަ ފިލްމެއް ބެލުންތެރިންނަށް މިވަނީ ގެނެސްދީފަ އެވެ.