20 Feb 2019, 11:29
ތިލަފުށީ ބޯޓު ޔާޑުގައި ވެހިކަލެއްގެ ޓަޔަރަށް ވައި ޖަހަނިކޮށް ޓަޔަރު ފަޅައިގެން ދިޔުމުގެ ސަބަބުން ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ޓަޔަރު ފަޅައިގެން ދިޔުމުގެ ސަބަބުން ދެ މީހަކު ވިއްސައިގެން ދިޔުމުގެ ސަބަބުން އެ ދެމީހުންނަށް އަނިޔާވެފައިވާ ކަމަށެވެ.
އަނިޔާވެފައިވަނީ ދިވެއްސަކަށާއި ބިދޭސީ އަކަށެވެ. އެ ދެ މީހުންނަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އުމުރުން 20 އަހަރުގެ ބިދޭސީ އަކާއި 44 އަހަރުގެ ދިވެއްސެއް ކަމަށެވެ. އެދެމީހުންނަށް މާބޮޑު އަނިޔާއެއް ވެފައި ނުވާކަމަށް ހޮސްޕިޓަލުން ބުންޏެވެ.