ޖުޑީޝަލް ސާވިސް ކޮމިޝަން ]ޖޭއެސްސީ[ގެ ނާއިބު ރައީސަކަށް އެ ކޮމިޝަންގެ މެމްބަރު، އެޓާނީ ޖެނެރަލް، އަބްދުﷲ މުއިއްޒު އިންތިހާބުކޮށްފި އެވެ.

މުއިއްޒު ނައީބު ރައީސް ކަމަށް އިންތިހާބުކޮށްފައި ވަނީ އެކަމަށް ޓަކައި މިއަދު ޖޭއެސްސީގައި ބޭއްވި އެ ކޮމިޝަންގެ 103 ވަނަ ޖަލްސާގައި ނެގި ސިއްރު ވޯޓަކުން ކަމަށް ޖޭއެސްސީ އިން ބުންޏެވެ.

މުއިއްޒުއާ އެކު އެ މަގާމަށް ވާދަކުރެއްވީ، ޖޭއެސްސީގައި ދަށު ކޯޓްތައް ތަމްސީލުކުރައްވާ، ކްރިމިނަލް ކޯޓުގެ ގާޒީ، އަބްދުﷲ ދީދީ އެވެ.

މިއަދު ނެގި ސިއްރު ވޯޓުގެ ފުރަތަމަ ބުރުން ފަސް ވޯޓުން ފަސް ވޯޓުން ދެ ބޭފުޅުން ވެސް އެއްވަރުވުމުން ދެ ވަނަ ބުރުގެ ވޯޓު، ހަ ވޯޓާ އެކު ކާމިޔާބު ކުރެއްވީ މުއިއްޒެވެ. އަބްދުﷲ ދީދީ އަށް ލިބިވަޑައިގެންފައި ވަނީ ހަތަރު ވޯޓެވެ.