މާލެ، ބުރިޖު އަދި ހައިވޭގައި ފުލުހުން ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަންގައި ޖުމުލަ 134 އުޅަނދު ބަލައި ފާސްކޮށްފި އެވެ.

ފުލުހުން ވަނީ ފާއިތުވި ދެދުވަހު މާލޭ، ބުރިޖު އަދި ހައިވޭގައި ދުއްވާ އުޅަދުތައް ބަލައި، އެ އުޅަދުތަކާއި ދުއްވާ މީހުންނަކީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތައް ދުއްވާ އެއްޗެހިތޯ ބާލައި ފާސްކޮށްފަ އެވެ.

ފުލުހުން ހިންގި އެ ހާއްސަ އޮޕަރޭޝަންގައި 11 މީހެއްގެ ލައިސެންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި ލައިސެންސް އަތުގައި ނެތި ދުއްވަނިކޮށް ހަ މީހުން ހިފެހެއްޓި ކަމަށާއި ލައިސެންސް ނޯންނަ 23 މީހުން ހިފެހެއްޓި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގާނޫނުގައި ބުނާ ގޮތުން އެއްގޮތަކަށް ވެސް ލައިސެންސް ނެތި ސައިކަލު ދުއްވައިފި ނަމަ، ފުރަތަމަ ފަހަރަށް ޖޫރިމަނާ ކުރެވޭ އަދަދަކީ 1،000 ރުފިޔާ އެވެ. ދެން އެމީހަކު ހިފަހައްޓާ ކޮންމެ ފަހަރަކު ޖޫރިމަނާ ކުރާ އަދަދަކީ 1،500 ރުފިޔާ އެވެ. ލައިސެންސް އޮންނަ މީހަކު ފުލުހުން ޗެކުކުރާ އިރު ލައިސެންސް ނެތް ނަމަ ޖޫރިމަނާކުރާ އަދަދަކީ 750 ރުފިޔާ އެވެ.