އިންޑޮނީޝިޔާގެ ބާލީގައި ބާއްވާ ބާލީ ޑިމޮކްރަސީ ފޯރަމްގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އިންޑޮނީޝިޔާގެ ރައީސް ސުސިލޯ ބަމްބަން ޔުދުޔޯނޯ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އަރިހުން އެދިވަޑައިގެންފި އެވެ.

ރައީސް ޔުދުޔޯނީ މިކަމަށް އެދިވަޑައިގަތީ އެ ފޯރަމްގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އެދިވަޑައިގެން ރައީސް ނަޝީދަށް ފޮނުއްވި ދައުވަތުގެ ސިޓީފުޅެއްގަ އެވެ. އެސިޓީފުޅު ރައީސަށް އެރުވީ، އިންޑޮނީޝިޔާގެ ސްޕެޝަލް އެންވޯއީއެއްގެ ގޮތުގައި ވަޑައިގެންނެވި އަބްދުއްރަހުމާން މުހައްމަދު ފާކިރު، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ހުސައިން ޒަކީ (ނ ޢ ޢ ވ) އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގަ އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް އެ ބައްދަލުވުމުގައި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

އިންޑޮނީޝިޔާގެ ބާލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބާލީ ޑިމޮކްރަސީ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު އަށަކުން ނުވައަކަށެވެ.