20 Feb 2019, 08:43
ބަލަތާ ޕްރިޔަންކާ ޗޯޕްރާ 36، ބަނޑު ބޮޑު ކަމަށް ދެކެވޭ ވާހަކަ އޭނާގެ މަންމަ މަދޫ ޗޯޕްރާ ދޮގުކޮށްފި އެވެ.
މިދިޔަ ޑިސެމްބަރު މަހު ހޮލީވުޑްގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް 25، އާ ކައިވެނި ކުރި ޕްރިޔަންކާ ބަނޑުބޮޑު ކަމަށް މީޑިއާތަކުގައި ވާހަކަ ފެތުރިފައިވަނީ ނިއު ޔޯކް ފެޝަން ވީކަށް އޭނާ ލައިފައި ހުރި ހެދުމުގެ ސަބަބުންނެވެ.
"ފޮޓޯ ނަގާފައިން އޭންގަލް ކަޑައީ. އެހެންވެ ހީވަނީ ބަނޑުބޮޑުހެން. އެއީ ތެދެއް ނޫން،"
ޕްރިޔަންކާ ދާދި ފަހުން ބުނީ ދަރިއެއް ހޯދަން ރާވާ ކަމަށާއި އެކަމަކު ވަގުތު އައިސްޖެހުމުން ދަރިއެއް ވެސް ހޯދާނެ ކަމަށެވެ.
ޕްރިޔަންކާ އާއި ހޮލީވުޑް ލަވަކިޔުންތެރިޔާ އަދި އެކްޓަރު ނިކް ޖޯނަސް 25، ކައިވެނިކުރީ މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.
ޕްރިޔަންކާ އާއި ނިކް ލޯބީގެ ގޮތުން ގުޅުނީ މިދިޔަ އަހަރުގަ އެވެ.
ދެތަރިން ރަސްމީކޮށް އެންގޭޖްކުރިކަމަށް އިއުލާންކޮށްފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ 18 ވަނަ ދުވަހު އެވެ.