19 Feb 2019, 23:42
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދުމަށް މަސައްކަތް ކުރައްވާ މޯލްޑިވިސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އަށް މެމްބަރުން ހަމަކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް "ސަން" އަށް ވިދާޅުވީ އެ ޕާޓީއަށް މެމްބަރުން ހަމަކުރުމަަށް ފޯމް ފުރުމުގެ މަސަައްކަތް އެންދެރިމާގޭގައި ހުންނަ އެމްއާރުއެމް އޮފީހުގައި މިރޭ ފަށައިފައިވާ ކަމަށެވެ.
އަދި މާދަމާ އެމްއާރުމްގެ އަތޮޅުތަކުގައި ހުންނަ ފޯކަލް ޕޮއިންޓްތަކަށް ފޯމްތައް ފޮނުވައި ފޯމް ފުރުމުގެ މަސައްކަތްވެސް ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
MRM ah form furun kuriyah dhanee.@MRM_Office@maumoonagayoom@DrChubby@afarismaumoon@MNadhym@AbdulAleemMV#Maahdhaa4#Majlis2019pic.twitter.com/HZ6c2rSyIt
— Yumna Maumoon (@yumna_maumoon)February 19, 2019
އަލީމް ވިދާޅުވީ އެ ޕާޓީން ބޭނުންކުރާނެ ލޯގޯ އާއި އަދި ކުލަ ނިންމައިފައިނުވާ ކަމަށާއި އަދި ޕާޓީ އުފެއްދުމަށްފަހު ބާއްވާ ޖަލްސާގައި މެމްބަރުންގެ ޚިޔާލާއެކު އެކަން ނިންމާނެ ކަމަށެވެ.
މޯލްޑިވިސް ރިފޯމް މޫވްމެންޓްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނަށް ދީފައެވެ.
ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާ އެކު، 3000 މެމްބަރުން ހަމަކޮށް، ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުން، އެ ޕާޓީ އިލެކްޝަންސް ކޮމިޝަނުން ރަޖިސްޓްރީ ކޮއްދޭނެއެވެ.
މީގެ ކުރިންވެސް މައުމޫން ވަނީ އިސްކޮށް ހުންނަވައިގެން ދެ ސިޔާސީ ޕާޓީއެއް އުފައްދަވާފަ އެވެ. އެގޮތުން އެމަނިކުފާނު އެންމެ ފުރަތަމަ އުފެއްދެވީ ޑީއާރުޕީ އެވެ. ޑީއާރުޕީން ވަކިވެ ވަޑައިގަތީ އޭރު އެ ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވި އަހްމަދު ތަސްމީން އާލީ އާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާއި ގުޅިގެންނެވެ. އަދި ކޮށްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ހިޔާލު ތަފާތުވެ. އެމްޑީޕީއާ އެކު މައުމޫން އެއްބަސްވުމެއްގައި ސޮއި ކުރެއްވުމުން އެމަނިކުފާނު ވަނީ އެ ޕާޓީން ވަކިކޮށްފައެވެ.