ރާާއްޖޭގޭ ލީޑިން ޕްރައިވެޓް ކޮލެޖެއް ކަމަށްވާ އެވިޑް ކޮލެޖްގެ ޑެޕިޔުޓީ ވައިސް ރެކްޓަރ ކަމުގެ މަގާމަށް އަހްމަދު ފަޔާޒް ޙަސަން މިއަދު އައްޔަންކުރައްވައިފިއެވެ.

އެވިޑް ކޮލެޖުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޑެޕިއުޓީ ވައިސް ރެކްޓަރުކަމުގެ މަގާމުގެ ލިޔުން ފަޔާޒްއާ ހަވާލުކޮއްދެއްވީ އެ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގުއެވެ.

އެވިޑުން ބުނީ މިއީ އެ ކޮލެޖްގެ އޮނިގަނޑަށް މުޅި އަލަށް ތަޢާރަފްކުރި މަގާމެއް ކަމަށެވެ.

އަހްމަދު ފަޔާޒް ހަސަން ވަނީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް ކަމުގެ އިތުރުން ތަޢުލީމީ ދާއިރާގައި ދިގުމުއްދަތަކަށް ޚިދުމަތް ތަކެއް ވަނީ ކުރައްވައިފައެވެ.

ދާދި ފަހުން އެވިޑް ކޮލެޖްގެ ވައިސް ރެކްޓަރގެ މަޤާމަށް ޑރ. އިބްރާހީމް ލަޠީފް އައްޔަން ކުރައްވާފައެވެ. އޭނާ އަކީވެސް ތަޢުލީމީ ދާއިރާއަށް ވަރަށް ގިނަ މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އެވިޑް ކޮލެޖުން ޑިޕްލޮމާ ފެންވަރުން ފެށިގެން މާސްޓާސްއާ ހަމައަށް ކޯސްތައް ހިންގަމުންދާއިރު އެ ކޮލެޖުގެ ކެމްޕަސްތައް ގދ. ތިނަދޫ. އައްޑޫ ސިޓީ ހިތަދޫ، ލ. ފޮނަދޫގައި ދަނީ ހިންގަމުންނެވެ. އޭގެ އިތުުރުން އެ ކޮލެޖުގެ އައުޓްރީޗް ސެންޓަރުތައް އަށް ރަށެއްގައި ހުރެއެވެ.