19 Feb 2019, 22:27
އަނެއްކާ ވެސް އިމާރާތެއްގެ މަތިން މީހެއްގެ ގަޔަށް އެެއްޗެއް ވެއްޓިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ އެ ހާދިސާގައި މީހެއްގެ ބުރަކަށްޓަށް ދަނގަޑު ހޮޅި ޖޮއިންޓް ކުރާ، ބިޑިއެއް ވެއްޓިފައި ވަނީ ހ. މިސޫރިގޭގައި ހަދަމުންދާ އިމާރާތުގެ ދެވަނަ ފަންގިފިލާގެ މަތިން ކަމަށެވެ.
އެ އިމާރާތުގެ މަތިން ވެއްޓިފައި ވަނީ ބިޑިއެއް ކަމަށާއި އަދި އެއެތި ވެއްޓިފައި ވަނީ 17 އަހަރުގެ ކުއްޖެއްގެ ބޮލަށް ކަަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ހާދިސާގައި އެ ކުއްޖާއަށް މާބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.
ހަދަމުންދާ އިމާރާތަކުން މިދިޔަ ޑިސެމްބަރު މަހު ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ލިބުނު ޒަހަމްތަކަށް ފަރުވާ ދެނިކޮށް ބަންގުލަދޭޝްގެ ކުޑަކުއްޖެއް ކަމަށްވާ ރޯޝަން ޖިއާން ވަނީ މަރުވެފަ އެވެ. އަދި ހުޅުމާލޭގައި ހަދަމުން ދިޔަ ގެއެއްގެ ފަސް ވަނަ ބުރިން ވެއްޓުނު ގަލަކުން ބޮލުގައި ޖެހުމުން ބަންގްލަދޭޝް މީހަކު ވެސް ވަނީ މަރުވެފަ އެވެ.