އއ. ވެލިދޫ އައިލެންޑް ރިސޯޓުން ޑައިވިނަށް ދިޔަ ފަތުރުވެރިޔަކު މަރުވެއްޖެ އެވެ.

މިއީ އެ ރިސޯޓުގައި މި ފަހުން މަރުވި ދެވަނަ ޓޫރިސްޓެވެ.

ފުލުހުން ބުނީ އެ ރިސޯޓުގައި ޑައިވިނަށް ދިޔަ އުމުރުން 69 އަހަރުގެ ނެދަލޭންޑްސްގެ ފިރިހެން ފަތުރުވެރިޔަކު ހާލު ދެރަވެގެން އއ. ބޮޑުފޮޅަދޫ ހެލްތު ސެންޓަރަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސް އައިޖީއެމްއެޗަށް ގެންދިޔަ އިރު މަރުވެފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު 10:38ގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ ހަފްތާއެއް ކުރިން ވެސް ވެލިދޫ ރިސޯޓުގައި ފަތުރުވެރިޔަކު ގެނބިގެން ވަނީ މަރުވެފަ އެވެ.

ފަހަކަށް އައިސް ގެނބިގެން ފަތުރުވެރިން މަރުވާ މިންވަރު ވަނީ އިތުރުވެފަ އެވެ. އެފަދަ ހާދިސާތައް މަދުކުރުމަށް ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.