19 Feb 2019, 09:19
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ބޯޑުގައި ހިމެނިވަޑައިގެންނެވި މ. ހުއިވަނިި އިސްމާއިލް ޔާސިރު، އެސްޓީއޯގެ ބޯޑަށް އައްޔަން ކުރިތާ ދެ ހަފުތާ ނުވަނީސް ބޯޑުން ވަކިކޮށްފި އެވެ.
އެސްޓީއޯއިން ބުނީ އިސްމާއިލް ޔާސިރު އެސްޓީއޯގެ ބޯޑުން ވަކިކުރެއްވީ އިއްޔެކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނި ކަމަށެވެ. ޔާސިރު އެސްޓީއޯގެ ބޯޑަށް އައްޔަނު ކުރެއްވީ މި މަހުގެ ހަ ވަނަ ދުވަހު އެވެ.
The Privatization and Corporatization Board has removed Uz. Ismail Yasir / M. Huivani from the Board of Directors of State Trading Organization plc, effective 18th February 2019.https://t.co/XjrnMbsJwG
— STO Plc (@sto_mkt)February 18, 2019
އެސްޓީއޯގެ ބޯޑުގައި މިހާރު ހިމެނިވަޑައިގަންނަވަނީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަމްރު އާއި އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު މިހާދުގެ އިތުރުން ޑިރެކްޓަރު އާމިރު މަންސޫރާއި މަރިޔަމް ޒާހިޔާ އާއި އާންމު ހިއްސާދާރުން ތަމްސީލު ކުރައްވާ ޑިރެކްޓަރު އައިޝަތު ފަޒީނާ އެވެ.