ސިނަމާލެ ބްރިޖާއި ހައިވޭގައި ޗެކް ޕޮއިންޓުތައް ގާއިމްކޮށް ވެހިކަލްތައް ބަލައި ފާސްކުރަން ފުލުހުން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މަސައްކަތަކީ އެކްސިޑެންޓްތައް މަދުކޮށް ބާރު ސްޕީޑުގައި ދުއްވުމާއި ޓްރެފިކް ގާނޫނާއި ގަވާއިދާ ޚިލާފު އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

އެ މަސައްކަތުގެ ދަށުން މާލެ އާއި ބްރިޖް އަދި ހައިވޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.