މިދިޔަމަހު ފުލުހުންނަށް ހުށައެޅި 907 މައްސަލައިގެ ތެރެއިން 125 އެއްގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ތަހުގީގު ނިންމައި ޕީޖީއަށް ފޮނުވި މައްސަލަތަކުގެ ތެރޭގައި ފްރޯޑް އެންޑް ފައިނޭންޝަލް ކްރައިމް ޑިޕާޓްމަންޓުން ނިންމި 33 މައްސަލަ އާއި ކެޕިޓަލް ޕޮލިސް ޑިޕާޓްމަންޓުން ނިންމި 25 މައްސަލަ އާއި ޕްރޮޕަޓީ ކްރައިމް ޑިޕާޓްމަންޓުން 20 މައްސަލަ އާއި ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުންނާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ 17 މައްސަލަ އާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން 12 މައްސަލަ އަދި ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ތަހުގީގު ކުރި މައްސަލައެއް ހިމެނެ އެވެ.
މިދިއަ މަހު ފުލުހުންނަށް ރިޕޯޓްކުރި މައްސަލަތަކަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް މައްސަލަ ހުށައާޅާފައިވަނީ ޕްރޮޕަޓީ ކުރައިމް ޑިޕާޓްމަންޓެވެ.

މިދިއަ މަހު ޕީޖީ އަށް ފޮނުވި މައްސަލަތަކުގެ އިތުރަށް މިހާތަނަށް ފުލުހުންނަށް ހުށައަޅަފައިވާ 1193 މައްސަލައެއް ނިންމާފައިވާ ކަމަށްވެސް ފުލުހުންބުނެއެވެ. އޭގެ ތެރޭގައި މިދިއަހަރުގެ މައްސަލަތައް ވެސް ހިމެނެ އެވެ.