18 Feb 2019, 23:25
ވިއެޓްނާމުގައި ބާއްވާ އިންޓަނޭޝަނަލް މޮޑެލް ޔުނައިޓެޑް ނޭޝަންސް (އައިއެމްޔޫއެން)ގައި ބައިވެރިވުމަށް ރާއްޖޭގެ ހަތަރު ޒުވާނުންގެ މައްޗަށް އެކުލެވޭ ޓީމެއް އެގައުމަށް ފުރައިފިއެވެ.
އައިއެމްޔޫއެންގެ ރާއްޖޭގެ ލޯކަލް ޕާޓްނަރަކީ މުޖުތަމައުއަށް އުފެއްދުންތެރި ޒުވާނުން ބިނާކޮށް ޒުވާނުން ބާރުވެރިކުރުން މަސައްކަތްކުރާ ޖަމިއްޔާ ރީޖަނަލް އެލަޔަންސް ފޯރ ފޮސްޓަރިންގް ޔޫތު (ރަފީ)އެވެ.
ރަފީ ޖަމިއްޔާއިން ބުނީ އައިއެމްޔޫއެން ވިއެޓްނާމުގައި ކުރިއަށްދާނީ މި މަހުގެ 21 އިން 23 އަށް ކަމަށެވެ.

ރާއްޖެ ތަމްސީލުކުރުމަށް ރަފީ ޖަމިއްޔާގެ ބައިވެރިން ވިއެޓްނާމަށް ފުރުން -- ފޮޓޯ/ ރަފީ
ވިއެޓްނާމަށް ފުރި ހަތަރު ޒުވާނުންނަކީ:
އައިޝަތު ރިޝްފާ އައްބާސް
- މަރިޔަމް ޝިމްރަތު
- ރީމާ ރަޝީދު
- ޝަހުނީޒާ އަހްމަދު