18 Feb 2019, 15:07
ގައުމިއްޔަތު ކުރިއެރުވުމަށް ހޯމް މިނިސްޓަރަށް ލަފާ އަރުވާ ކޮމިޓީއެއް އެކުލަވާލާ އެކޮމިޓީ މިއަދު އިފްތިޠާހުކޮށްފިއެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ނުވަ ބޭފުޅެކެވެ. މި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނވަނީ ދިވެހި ބަހާއި ތާރީހުގެ ދާއިރާގެ ބޭފުޅުންނާއި ހެރިޓޭޖު މިނިސްޓަރެވެ.
ގައުމިއްޔަތު ކުރިއެރުވުމަށް ލަފާދޭ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން:
ޔުމްނާ މައުމޫން
- އައްބާސް އިބްރާހީމް
- އަބުދުއްރަޝީދު ހުސައިން
- އަނީސާ އަހުމަދު
- އަލްއުސްތާޒު އަހުމަދު ޝާކިރު
- އަޝްރަފް އަލީ
- އާދަމް ނަސީރު އިބްރާހީމް
- އަންވަރު އިބްރާހީމް
- އަލްއުސްތާޒު އަޙްމަދު އަލާ
މިކޮމިޓީއަކީ ހޯމް މިނިސްޓްރީ އިން ފާހަގަކުރާ ގައުމީ އެކިއެކި މުނާސަބަތުތަކުގައި ރައްޔިތުންގެ ހިތްތަކުގައި ގައުމީ އަދި ވަތަނީ ރޫހު އާލާކުރުމަށް ކުރެވިދާނެ މަސައްކަތްތައް ފާހަގަކޮށް އެކަންކަން ކުރެވިދާނެ ގޮތްތަކާބެހޭ ގޮތުން ހޯމް މިނިސްޓަރަށް ލަފާއެރުވުމަށް އެކުލަވާލި ކޮމިޓީއެކެވެ.
އެކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވާފައެވެ.
ދިވެހިންގެ މެދުގައި ގައުމީ އަދި ވަތަނީ ރޫޙު އާލާކޮށް، ދިވެހި ގައުމިއްޔަތުގެ ސިފަތައް ލިބިފައިވާ ދިވެހިވަންތަ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްކުރުމަކޯ ހޯމް މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެކެވެ.