18 Feb 2019, 14:54
ދަރުމަވަންތަ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފިއެވެ.
އިލެކްޝަން ކޮމިޝަންއިން ބުނީ އެ ޕާޓީ އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރމުގެ ހުއްދަ މިއަދު ދޫކޮށްފައިވާ ކަމަށެވެ.
އެ ޕާޓީ އުފެއްދުމަށް ހުއްދަ ދީފައިވަނީ އަހުމަދު ޝަފީފް އިބްރާހިމް މޫސާ (ޑީއޯ ސައްޕެ) އަށެވެ.
އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އެ ޕާޓީ އުފެއްދުމަށް ހުއްދަ ދޫކުރުމާއެކު ތިން މަސްތެރޭ ޕާޓީއަށް 3000 މެމްބަރުން ހަމަކުރަން ޖެހޭނެ ކަމަށެވެ.
މިއަހަރު ފެށުނު ފަހުން އިލެކްޝަން ކޮމިޝަނުން ވަނީ އިތުރު ތިން ޕާޓީއެއް އުފެއްދުމަށް ހުއްދަ ދީފައެވެ. އޭގެ ތެރޭގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)، މޯލްޑިވްސް ލޭބާ ޕާޓީ، ނެޝެނަލް ރިފޯމް ޕާޓީ ހިމެެނެއެވެ.
އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް ވަނީ މޯލްޑިވްސް ރިފޯމް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅުއްވައިފައެވެ.