ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލެވިދާނެކަމަށާއި ނަމަވެސް އެމަނިކުފާނުގެ ތަރައްގީގެ ފިކުރު ޖަލަށް ނުލެވޭނެކަމަށ ްޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑްރިން ދައުވާގެ ފުރަތަމަ އަޑުއެހުމެއް މިއަދު 1:30 ގައި ކްރިމިނަލް ކޯޓުގައި ވަނީ ފަށާފައެވެ.

އެކަމާ ގުޅުގިގެން ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ" ރައީސް ޔާމީން ބަންދުވެސް ކުރެވިދާނެ. ޖަލަށް ވެސް ލެވިދާނެ. ތަރައްގީގެ ފިކުރެއް ޖަލަކަށް ނުލެވޭނެ،" ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން އަދި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ދެ ދައުވާއެއް ޕްރޮސެކުއުޓާ ޖެނެރަލް އޮފީހުން ކްރިިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ ހަފްތާ ބުދަ ދުވަހުއެވެ.

މި މައްސަލައިގެ ލިޔުންތައް ހަވާލުކޮށްފައިވަނީ އިއްޔެއެވެ.