މިރޭ މާލޭގައި މާރާމާރީއެއް ހިންގައި މީހެއްގެ ބޯ ފަޅާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ މާރާމާރީ ހިންގާފައި ވަނީ މިރޭ 00:45 ހާއިރު ކަމަށެވެ. އަދި އެ މާރާމީރީ ހިނގައިދިޔައީ ދެ ގްރޫޕެއްގެ ދެމެދުގައި ކަމަށް ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވި ގޮތުގައި، އެ މާރާމާރީގައި 22 އަހަރުގެ މީހެއްގެ ބޮލަށް އަނިޔާވެގެން ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި އެމީހާގެ ބޮލުގެ ތަނެއް ވަނީ ދެ އިންޗަށް ފަޅައިގެން ގޮސްފަ އެވެ.

އޮފިޝަލު އިތުރަށް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން މިރޭ ވަޅިއަކާ އެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ތިން މީހުން ހައްތަރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުން ބޭނުން ކުރި ދެ ސައިކަލު ޓޯ ކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އިސްލާމިކް ޔުނިވާސިޓީ ހުންނަ މަގުން ވަންވޭ ފަޅާލައި، ބަޔަކު "ކަނޑިއެއް ހެން ހުރި އެއްޗެއް" ހިފައިގެން ސައިކަލުގައި ދިޔަ ކަމަށް މިރޭ މަންޒަރު ދުށް މީހަކު ވަނީ "ސަން"އަށް ބުނެފަ އެވެ.