17 Feb 2019, 17:08
މީގެ ހަތަރު ދުވަސްކުރިން ސެނެހިޔާ ކައިރިން ބާރަށް ދުއްވާފައި ދިޔަ ކާރަކުން ޖެހި އެކްސިޑެންޓްވީ މައްސަލާގައި އެ ޓެކްސީގެ ހުއްދަ ބާތިލްކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ ޓެކްސީގެ ހުއްދަ ބާތިލްކުރުމުގެ އިތުރުން އެ ޑްރައިވަރުގެ ލައިސަންސް ދެ އަހަރު ދުވަހަށް ހިފަހައްޓައިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓްގައި ބާރަށް ދުއްވި ޑްރައިވަރުގެ ފޮޓޯ ވެސް މީސް މީޑިއާގައި ވާނީ އާންމުވެފައެވެ.
ފުލުހުން ބުނީ އެ މައްސަލާގައި މީހަކު ހައްޔަރުނުކުރި ނަމަވެސް އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.
Senahiya Hosp. kurimathi oi kafihuras mathin baaru speed gai taxi dhuvvumaa gulhigen accident vi massalai ga e taxi dhuvvan in driver ge license Q No. 5/2009 ge 63 vana maadhaage "noon" ge dhashun 2 aharudhuvahah hifahattaa e faraathah dhookohfaivaa taxi huddha baathil kohfeemeve
— Transport Authority (@TransportMV)February 17, 2019
ފުލުހުންގެ ބުނީ، ސެނެހިޔާ ކައިރީ ދެ މީހަކު ކަފިހި ހުރަސް އިން ހުރަސް ކުރި ވަގުތުގައި މަޑުނުކޮށް ދުއްވާފައި ކާރެއް ދުއްވާފައި ދިޔަ ކަމަށެވެ. އަދި އެ މަަޑުނުކޮށް ދުވާފައި ދިޔުމުގެ ސަބަބުން ކާރުން ކަފިހި ހުރަސް މަތިން ހިނގާފައި ދިޔަ އެކަކުގެ ގައިގައި ޖެހި، ވެއްޓެން ދިޔަ ވަގުތު ދެން ހުރި މީހާގެ ގައިގައި ޖެހި، އެމީހާ ބިންމަައްޗަށް ވެއްޓި ކަފިހި ހުރަސްމަތީ ހުރި ރަބަރުގަނޑުގައި ބޯ ޖެހުމުގެ ސަބަބުން އޭޑީކޭ އައިސީޔޫގައި މިހާރު ފަރުވާ ދެމުންދާ ކަމަށެވެ.
އެ ހާދިސާގައި ޒަހަމްވި 46 އަހަރުގެ އަންހެންމީހާގެ ހާލު އަދި ވެސް ސީރިއަސް ކަމަށް އޭޑީކޭ އިން ބުންޏެވެ.