މީގެ ހަތަރު ދުވަސްކުރިން ސެނެހިޔާ ކައިރިން ބާރަށް ދުއްވާފައި ދިޔަ ކާރަކުން ޖެހި އެކްސިޑެންޓްވީ މައްސަލާގައި އެ ކާރުގެ ޑްރައިވަރު އަދި ވެސް ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ އެކްސިޑެންޓްގައި ބާރަށް ދުއްވި ޑްރައިވަރުގެ ފޮޓޯ ވެސް މީސް މީޑިއާގައި ވާނީ އާންމުވެފަ އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި މީހަކު ހައްޔަރުނުކުރި ނަމަވެސް އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.

ފުލުހުން ވަނީ އެ ރޭ އެކްސިޑެންޓް ހިނގި މަންޒަރު ފެނުނު މީހަކުވާ ނަމަ އެމީހަކު އެކަން ހިއްސާކޮށްދިނުމަށް ވެސް އާންމުންގެ އެހީއަށް އެދިފަ އެވެ.

ފުލުހުންގެ ބުނީ، ސެނެހިޔާ ކައިރީ ދެ މީހަކު ކަފިހި ހުރަސް އިން ހުރަސް ކުރި ވަގުތުގައި މަޑުނުކޮށް ދުއްވާފައި ކާރެއް ދުއްވާފައި ދިޔަ ކަމަށެވެ. އަދި އެ މަަޑުނުކޮށް ދުވާފައި ދިޔުމުގެ ސަބަބުން ކާރުން ކަފިހި ހުރަސް މަތިން ހިނގާފައި ދިޔަ އެކަކުގެ ގައިގައި ޖެހި، ވެއްޓެން ދިޔަ ވަގުތު ދެން ހުރި މީހާގެ ގައިގައި ޖެހި، އެމީހާ ބިންމަައްޗަށް ވެއްޓި ކަފިހި ހުރަސްމަތީ ހުރި ރަބަރުގަނޑުގައި ބޯ ޖެހުމުގެ ސަބަބުން އޭޑީކޭ އައިސީޔޫގައި މިހާރު ފަރުވާ ދެމުންދާ ކަމަށެވެ.

އެ ހާދިސާގައި ޒަހަމްވި 46 އަހަރުގެ އަންހެންމީހާގެ ހާލު އަދި ވެސް ސީރިއަސް ކަމަށް އޭޑީކޭ އިން ބުންޏެވެ.