މަސްމާރުކޭޓާ ދިމާލު ފަޅުގައި އަޅާފައި އޮތް ބޮއްކުރައެއްގައި ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ރޯވީ ބޮއްކުރައެއްގެ ތެރޭގައި ހުރި ޕެޓްރޯލް ހަމެއްގައި ކަމަށެވެ.
ނަމަވެސް އެ ހާދިސާ އާ ގުޅިގެން ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވި އިރު ބޮއްކުރާ ތެރޭގައި މީހަކު ހުރި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގޭ ކަމަށާއި އަދި ބޮއްކުރައަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ވެސް ނޭނގޭ ކަމަށެވެ.