ހުޅުމާލޭގައި ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ބޭންކަށް ޖަމާކުރަން ދަނިކޮށް ފޭރިގެންފި އެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ފޭރިގެންފައި ވަނީ ހުޅުމާލޭގައި ހުންނަ ރޫޓް ފިހާރައިގެ ރުފިޔާ ކަމަށެވެ. އަދި އެ ފައިސާ ފޭރިގަތީ ބޭންކަށް އެ ފައިސާ ޖަމާކުރަން ދާން ވޭނަށް އަރަން އުޅެނިކޮށް ކަމަށެވެ.

ފޭރުނު މީހުން ތިބީ މޫނު ނިވާކޮށްގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 10:21ގައި ކަމަށެވެ.

ފިހާރަކުން ގިނަ އަދަދެއްގެ ފައިސާ ބޭންކަށް ޖަމާކުރަންދާ އިރު ފުލުހުންގެ ސެކިއުރިޓީގެ އެހީ ހޯދުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން މާލޭގައި ނަމަ 9980068 އަދި ހުޅުމާލޭގައި ނަމަ 9790089 ނުވަތަ 4000005 އާ ގުޅުއްވައިގެން އެ ހިދުމަތް ލިބޭނެ ކަމަށް ފުލުހުން ބުންޏެވެ.

އަދި އަތޮޅުތަކުގައި ނަމަ އެ ރަށެއްގެ ފުލުހުންގެ މަރުކަޒަށް ގުޅުއްވައިގެން އެ ހިދުމަތް ހޯދުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.