16 Feb 2019, 16:48
މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަޒްރާ މޫސާ ދާއިރާގެ ރައްޔިތުންނާއެކު ނިކުމެ، ދާއިރާގެ މަގުތައް ސާފުކޮށްފި އެވެ.
އަޒްރާ ވިދާޅުވީ މިއަދު ހެނދުނު ދާއިރާގެ ރައްޔިތުންގެ ތެރެއިން 100 އެއްހައި ރައްޔިތުން މި ކަމުގައި ބައިވެރިވި ކަމަށެވެ.
"ވަރަށް ބައިވަރު ކުނި އަޅުގަނޑުމެން އެއްކުރިން. މަގުތަކުން ބައިވަރު ކުނި ނެގިން ލަކުޑި ފަދަ ތަކެތި ވެސް،"

"ސާފު ރީތި މާފަންނު މެދު" ސާފު ކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމު -- ފޮޓޯ: ޓްވިޓާ
އަޒްރާ ވިދާޅުވީ ކޮންމެ މަހެއްގެ ވެސް ދެވަނަ ހޮނިހިރު ދުވަހަކީ ދާއިރާގެ މަގުތައް ސާފުކުރާ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.
#SaafuReethiMaafannuMadhumi shiaaruge dhashun miadhu kuriah gendhevunu harakaathugai baiverivi hurihaa beyfulhun nah varah bodah shukuriyya.pic.twitter.com/E0L0mnRDU5
— Azra Moosa (@azra_moosa)February 16, 2019
"އުއްމީދަކީ ގިނަ ރައްޔިތުން ނިކުމެ މިކަމުގައި ބައިވެރިވުން. މަގަށް ކުނި އަޅާ ބޭފުޅުންނާއި ހޮޓާތަކުގެ މީހުން ކައިރީ ވެސް އަޅުގަނޑުމެން ދެންނެވިން މަގަށް ކުނި ނޭޅުމަށް. ސާފުކޮށް މަގު ބޭއްވުމުގެ މުހިއްމު ކަންމުގެ ވާހަކަ،" އަޒްރާ ވަނީ ދާއިރާގެ ރައްޔިތުންގެ ފަރާތުން ފެނުނު އެއްބައިވަންތަކަން ފާހަގަ ކުރައްވައިފަ އެވެ.

"ސާފު ރީތި މާފަންނު މެދު" ސާފު ކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމު -- ފޮޓޯ: ޓްވިޓާ
"ސާފު ރީތި މާފަންނު މެދު"ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ސަބަބުން ދާއިރާގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާވެ، ޒިންމާ ނަގަން އަހުލުވެރި ކުރުން ކަމަށް އަޒްރާ ވިދާޅުވި އެވެ.