ބޮލީވުޑްގެ ކާމިޔާބު ދެ ޖޯޑު ޓައިގާ ޝްރޮފް އަދި ދިޝާ ޕަޓާނީ އެންގޭޖްވެއްޖެ ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެފި އެވެ.

އިންސްޓަގްރާމް މެދުވެރިކޮށް ޓައިގާ އަދި ދިޝާ ވަނީ އިނގިލީގައި އިން އަނގޮޓި ދައްކާ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. ޓައިގާ އަނގޮޓީގައި ބޮސްދޭ މަންޒަރު ދައްކައިދޭ ފޮޓޯގައި ކެޕްޝަނަކަށް ޖަހާފައި ވަނީ "އަހަރެން މިހާރު މީހަކު ނަގައިފި" ކަމަށެވެ. ދިޝާގެ ފޮޓޯގެ ކެޕްޝަނުގައި ބުނެފައި ވަނީ މީހަކު އޭނާއާ ސުވާލުކުރި ކަމަށާއި އޭގެ ޖަވާބެއް އަހަރެން އާނއެކޭ ބުނެފައިވާނެ ކަމަށެވެ.

View this post on Instagram

Turns out I’m taken. ????????

A post shared byTiger Shroff(@tigerjackieshroff) on

އެ ދެ ފޮޓޯ އާންމުކުރުމާ ގުޅިގެން ދެތަރިންގެ ފޭނުން އަންނަނީ ސޯޝަލް މީޑިއާގައި މަރުހަބާ ކިޔަމުންނެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެދެތަރިން އެންގޭޖްވެފައި ވަނީ ލޯބިވެރިންގެ ދުވަހު އެވެ.

View this post on Instagram

Someone popped the question, and I said yes...

A post shared bydisha patani (paatni)(@dishapatani) on

ދާދި ފަހުން ދިޝާ އާއި ޓައިގާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.

"ބާގީ 2" އިން ދެތަރިން އެއްކޮށް ވަނީ ފެނިގެން ގޮއްސަ އެވެ.