އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަން ދިވެހި މަސް ދޯންޏެއް އިންޑިއާގެ ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެފަދަ މައުލޫމާތެއް ލިބިފައިވާ ކަމަށާއި ފޮރިން މިނިސްޓްރީ އިން އެކަން ބަލަމުންދާ ކަމަށެވެ.

ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅޭ މަސްބޯޓުތައް ވެސް ހުއްޓުވާ ކަމަށާއި އިންޑިއާ ކަނޑުގެ ސަރަހައްދުން ދިވެހި މަސްބޯޓު ހިފަހައްޓާފައިވަނީ އެ ގައުމުގެ ސަރަހައްދުގެ ވަރަށް އެތެރެޔަށް ވަދެފައި ވަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވާކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެ ބޯޓު އަތުލައިގަނެފައިވަނީ ލަކްޝަދީޕްގެ ސުހޭލީ އަތޮޅުން މަސްވެރިކަން ކުރަން ތިއްބައެވެ. އެ ބޯޓު މިހާރު އޮތީ ލަކްޝަދީބުގެ ވެރިރަށް ކަވަރައްތީ އައިލެންޑުގައި ކަމަށް ސޯޝަލް މީޑިއާ ގައި ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.