15 Feb 2019, 00:20
ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމަށް ރުހުންދިން މަރުހަލާގައި، މަހުލޫފުގެ މައްސަލައެއް ބަލަމުންނުދާކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން މަޖިލީހަށް އަންގާފައިވާކަމަށް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމެންޓް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މަހުލޫފުގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލާއިގެ ތަހުގީގުގައި އެންޓިކޮރަޕްޝަން ކޮމިޝަނުން މަހުލޫފާ ސުވާލު ނުކުރާކަމަށާއި ސުވާލު ނުކުރީ އެކަމުގައި މަހުލޫފުގެ ބައިވެރިވުން ނެތުމުން ކަމަށް ގަބޫލުކުރައްވާ ކަމަށް މަހުލޫފު ވިދާޅުވިއެވެ.
Vazeerunge Majileehuge membarukamah alhugandah ruhundhin maruhalaagaves alhuganduge massalaeh balamun nudhaakamah ACC in vanee Majlis ah angaafa.
Mi massalaige thahugeeguga ACC inn alhugandaa suvaalunukuree ekamuga alhuganduge baiverivumeh netheema kamah qaboolkuran.— Ahmed Mahloof (@AhmedMahloof)February 14, 2019
ހުލޫފުގެ އެކައުންނަށް އެސްއޯއެފްގެ އެކައުންޓުން ޑޮލަރު ޖަމާވިކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރިޕޯޓުން ދައްކާއިރު އެ މައްސަލަ ބަލައިނިމެންދެން މަހުލޫފު ގޭގައި މަޑުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދަންނަވައިފައެވެ.
އޭސީސީގެ ރިޕޯޓާ ގުޅިގެން މަހުލޫފު މިއަދު ހަވީރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވައްކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލުމަށްފަހު ގޯހެއް ހެދިފައިވާކަން ސާބިތުވެއްޖެނަމަ އިސްތިއުފާ ދެއްވާނެކަމަށެވެ.
އެސްއޯއެފްގެ އެކައުންޓުން މަހުލޫފުގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ އޭނާގެ އާއިލާގެ ބޭފުޅަކު ހިންގި ފިހާރައަކަށް ޑޮލަރު ގަންނަން ކޮށްފައިވާ މުއާމަލާތެއް ކަމަށާއި، އަދި އެ މުއާމަލާތް މަހުލޫފުގެ އެކައުންޓު މެދުވެރިކޮށް ކޮށްފައިވަނީ އޭނާގެ ކޮއްކޮ (ވިޔަފާރި ކުރި ފަރާތުގެ) ޑޮލަރު އެކައުންޓެއް ނެތުމުން ކަމަށްވެސް މަހުލޫފު ވަނީ ވިދާޅުވެފައެވެ.
އެސްއޯއެފްގެ އެކައުންޓުން މުއާމަލާތް ކުރި އެކައުންޓުތަކުގެ ތެރޭގައި މަހުލޫފުގެ އެކައުންޓު ހިމެނޭކަމުގެ މައުލޫމާތު ލިބިލެއްވުމުން ކަން ހިނގައިދިޔަ ގޮތް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހިއްސާ ކޮށްފައިވާނެކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގުގައި މަހުލޫފާ އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށްވެސް މަހުލޫފު ވަނީ ވިދާޅުވެފައެވެ.
އެސްއޯއެފްގެ އެކައުންޓުން ފައިސާ ޖަމާވި ހުރިހާ ފަރާތްތަކަކީ ވަގުން ކަމަށް މުޖުތަމައުގައި ލޭބަލްކޮށްފައިވާއިރު، "މީގެ ތެރޭގައި ހިމެނޭ ސައްހަ މުއާމަލާތްކޮށްފައިވާ ފަރާތްތަކުގެ ހައްގުތައް ނުގެއްލޭގޮތަށް ކަށަވަރުކޮށްދިނުމުގެ ގޮތުން އޭސީސީއިން އެ މައުލޫމާތުތައް ރައްޔިތުންނަށް ވީހާވެސް ބޮޑަށް ސާފުކޮށްދިނުމަށް" މަހުލޫފު ވަނީ އެދިވަޑައިގެންފައެވެ.