14 Feb 2019, 16:20
"ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ސެކްރެޓޭރިއަޓް" އާއި "ނޭޝަނަލް ޕޭ ކޮމިޝަނުގެ ސެކްރެޓޭރިއަޓް" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ހޯމަ ދުވަހު އުފައްދަވައިފި އެވެ.
"ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ސެކްރެޓޭރިއަޓް" އުފައްދަވާފައި ވަނީ ގާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު)ގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި "ނޭޝަނަލް ޕޭ ކޮމިޝަނުގެ ސެކްރެޓޭރިއަޓް" އުފައްދަވާފައި ވަނީ ޤާނޫނު ނަންބަރު 11/2016 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގެ 13 ވަނަ މާއްދާގެ ދަށުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ އެ ދެތަން ހިނގަމުންދާނީ އޮފް ފިނޭންސްގެ މިނިސްޓްރީގެ ދަށުންކަމަށެވެ.