10 Oct 2011, 09:55
ހަންބަންޓޯޓޯގައި މިހާރު ކުރިއަށްދާ ފުރަތަމަ ބީޗް ގޭމްސްގެ ބީޗް ސޮކާ އިވެންޓްގައި އިއްޔެ ރާއްޖެ ކުޅުނު ދެ މެޗުންވެސް ބަލި ވެއްޖެ އެވެ.
ނޭޕާލާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ރާއްޖެ 5-3 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު ދެވަނަ މެޗްގައި ސްރީލަންކާ އަތުން ރާއްޖެ ބަލިވެފައިވަނީ 7-4 ގެ ނަތީޖާއަކުންނެވެ.
ނޭޕާލް މެޗުގައި ދިވެހި ޓީމަށް މާއެދެވޭ ކުޅުމެއް ދެއްކިފައިނުވި ނަމަވެސް ސްރީލަންކާ އާއި ދެކޮޅަށް ކުޅުނު މެޗްގައި ދިވެހި ޓީމުން ވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. މިގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ލަންކާ، މިއަދު ބަންގްލަދޭޝް އާއި ދެކޮޅަށް ނުކުންނައިރު ގްރޫޕްގައި ބަންގްލަދޭޝްއާއި ދެކޮޅަށް ކުޅުނު މެޗް ސްރީ ލަންކާއިން ކާމިޔާބުކޮށްފައިވަނީ އެޓީމުގެ ކޮޅަށް 12 ލަނޑު ޖަހައިގެންނެވެ.
މުބާރާތުގެ ބްރޯންޒް މެޑަލް ހޯދަން ރާއްޖެ މިއަދު ރާއްޖެ ނުކުންނީ ނޭޕާލާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖޭ ގަޑިން 3:00 ޖަހާއިރުއިރު އެވެ.