އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލާފައިވަނީ، އެ ކޮމިޝަނުގެ މެމްބަރު އިސްމާއިލް ހަބީބު އަބްދުއްރަހީމުގެ މެމްބަރުކަމުގެ ދައުރު ހަމަވާތީއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދި ފުރުސަތު ހުޅުވާލާފައިވަނީ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގައި އެ ކޮމިޝަނުގެ ރައީސާއެކު މަދުވެގެން ފަސް މެމްބަރުން ތިބެން ޖެހޭއިރު، މެމްބަރުކަމަށް އައްޔަނުކުރާނީ އެ މަގާމަށް މީހުން ކުރިމަތިލައި، އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ނަންތަކުގެ ތެރެއިން އެ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރާ މީހެކެވެ. ކޮމިޝަނަށް މެމްބަރުން އައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

އިލެކްޝަންސްކޮމިޝަނުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަނުގެ މެމްބަރުކަން ކުރެވޭނީ އުމުރުން 25 އަހަރު ވެފައިވާ މުސްލިމު ދިވެހި ރައްޔިތަކަށެވެ. އަދި ސަރުކާރުގެ ނުވަތަ އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އެ މީހަކު އަދަކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާ އިރު، ގާނޫނު އަސާސީ ނުވަތަ އެއްވެސް ގާނޫނެއްގެ ދާށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަނުކުރެވޭ ސިޔާސީ މަގާމެއް ފުރާ މީހަކަށް އެ މީހަކު ވެގެން ނުވާނެއެވެ. އަދި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވަތަ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ.

މީގެ އިތުރުން އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައި އޮވެގެން ނުވާނެއެވެ. އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވހަަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުމާއި، 12 މަސް ދުވަހަށް ވުރެ ދިގު ހުކުމެއް އައިސްފައިވާ ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ އަދަބު މައާފުކުރެވުނުތާ ފަސް އަހަރު ވެފައިވާ މީހަކު ކަމުގައި ވާންޖެހެއެވެ.

ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހުަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ހުކުމަށް ކަނޑައެޅުނު އަދަ

އިލެކްޝަންސް ކޮމިޝަނުގައި މިހާރު ތިއްބެވީ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފާއި ނައިބު ރައީސް އަމްޖަދު މުސްތަފާއާއި މެމްބަރުން އަހްމަދު އަކްރަމް، އަލީ ނަޝާތު އަދި މެމްބަރުކަމުގެ ދައުރު ހަމަވާން ގާތްވެފައިވާ ކޮމިޝަނުގެ މެމްބަރު އިސްމާއިލް ހަބީބު އަބްދުއްރަހީމެވެ.