ސްޓެލްކޯގެ ޗެއާމަން އަކަށް އެ ކުންފުނީގެ ކުރިގެ ސީއީއޯ މުހައްމަދު ރަޝީދު އައްޔަން ކުރައްވައިފި އެވެ.

މުހައްމަދު ރަޝީދު މިއަދު ސްޓެލްކޯގެ ޗެއާމަން އަކަށް އަޔަން ކުރެއްވިކަން ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވާފައެވެ.

މުހައްމަދު ރަޝީދު ވަނީ ސްޓެލްކޯގެ އިސްމަގާމްތަކެއް ފުރުއްވާ ގިނަ ދުވަސްތަކެއް ވަންދެން އެ ކުންފުންޏަށް ހިދުމަތް ކޮށްދީފައެވެ.

އެކުންފުނީގެ ޗެއާމަން އަކަށް މުހައްމަދު ރަޝީދު މިއަދު އައްޔަން ކުރެއްވި އިރު، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަކަށް މިދިޔަ ޑިސެމްބަރު މަހު ވަނީ، ކުރީގައި ވެސް ކުންފުނީގެ އެމްޑީކަން ކުރެއްވި ހަސަން މުގުނީ އައްޔަން ކޮށްފައެވެ.

ހަސަން މުގުނީ، ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރުކަން މީގެ ކުރިން ކުރެއްވީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި 2014 ޖެނުއަރީ 23 އިން ފެށިގެން އެ އަހަރުގެ ޖޫން މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށެވެ.