12 Feb 2019, 10:38
ޓީވީ ބަތަލާ ލަވްލީން ކޯރް ސަސަން 28، ކައިވެނިކޮށްފި އެވެ.
އޭނާ ކައިވެނިކޮށްފައިވަނީ އޭނާގެ ދުވަސްވީ ލޯބިވެރިޔާ ކޯޝިކް ކްރިޝްނަމުރްތީ އާ އެވެ.
ދެ މީހުން ކައިވެނިކޮށްފައި ވަނީ ޕަންޖާބީންގެ ސަގާފަތަށެވެ. ދެފަރާތުގެ އާއިލާއިންނާއި ރަހުމަތްތެރިން ކައިވެނި ހަފްލާގައި ބައިވެރިވެފައިވެ އެވެ.
މިދިޔަ އަހަރުގެ މާޗް މަހު ދެމީހުން އެންގޭޖްވަނީކޮށްފައެވެ.
ލަވްލީން އެންމެ ފަހުން ފެނިގެންދިޔައީ ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ ސިލްސިލާ "ސާތު ނިބާނާ ސާތިއާ" އިންނެނެވެ.