09 Oct 2011, 16:42
އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، މިއަދު މެންދުރުފަހު ފުރާވަޑައިގެންފި އެވެ.
ރައީސް އައްޑޫ ސިޓީއަށް ކުރައްވާ މިދަތުރުފުޅަކީ، އަންނަ ނޮވެމްބަރު މަހު ރާއްޖޭގައި ބާއްވަވާ ސާކް ސަމިޓްގެ މަސައްކަތްތައް ހިނގަމުންދާ ގޮތާއި، ސަމިޓަށް ވަމުންދާ ތައްޔާރީތައް ބައްލަވައިލެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.