10 Feb 2019, 22:45
ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓިކެޓްގައި ވާދަކުރުމަށް އިތުރު އަށް ފަރާތަކަށް ޓިކެޓް ދިނުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ނިންމައިފި އެވެ.
ޖޭޕީން ވަނީ މީގެ ކުރިން 36 ދާއިރާއަކަށް ވާދަކުރުމަށް ނިންމައި އެ ޕާޓީގެ ޓިކެޓް އެ ފަރާތްތަކަށް ދީފަ އެވެ.
މިރޭ ޖޭޕީން ޓިކެޓް ދިން އަށް ފަރާތް:
އާދަމް މޫސާ - އިހަވަންދޫ ދާއިރާ
- އިބްރާހިމް މަންސޫރު - ށ. މިލަންދޫ ދާއިރާ
- އިސްމާއިލް ނަސީރު - ހދ. ނޮޅިވަރަމް ދާއިރާ
- އަބްދުއް ސައްތާރު - ނ. ހޮޅުދޫ ދާއިރާ
- އަހްމަދު ޝަރީފް - ތ. ކިނބިދޫ ދާއިރާ
- މުހައްމަދު އަހްމަދު ވަހީދު - ގދ. މަޑަވެލި ދާއިރާ
- އަބްދުﷲ އަބްދުލް ހަކީމް - ޅ. ނައިފަރު ދާއިރާ
- މުހައްމަދު ފަރުހާދު - ސ. މީދޫ ދާއިރާ
އެ ބައްދުލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އަދި ވެސް އެ ޕާޓީގެ ޓިކެޓްގައި ވާދަކުރަން ބައެއް ފަރާތްތަކަށް ޓިކެޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ނަންތައް ފަހުގެ ތާރީހެއްގައި އިއުލާނު ކުރައްވާނެ ކަމަށެވެ.
މިރޭ ޓިކެޓް ދިން އަށް ދާއިރާއާ އެކު ޖޭޕީން ވާދަކުރާ ދާއިރާތަކުގެ އަދަދު ވަނީ 44 އަށް އަރައިފަ އެވެ.