10 Feb 2019, 22:53
ކުރިއާ މެދުވެރިކޮށް ރާއްޖެގެނެސްފައިވާ ދެ ޕާރުސަލެއް ބަލައި ފާސްކުރުމުގެ ތެރޭގައި 575 ގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ އެ ދެ ޕާރުސަލުން ތަކެތި ފެނިފައި ވަނީ މިއަދު ކަމަށެވެ. އަދި އެ އޭގެ ތެރެއިން އެއް ޕާރުސަލުގައި ހުރި ތަކެތި ތަހުލީލުކުރި އިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވި ކަމަށެވެ. އަދި އަތުލައިގަނެވުނު އެ މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންއާ އެކު 287 ގްރާމް ހުރި ކަަމަށެވެ.
އަދި އަނެއް ޕާރުސަލެއް ބަލައި އޭގައި ހުރި ތަކެތި ތަހުލީލުކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވިކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ. ކަސްޓަމްސް އިން ބުނީ އެ ޕެކެޓްގައި ހުރި މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު ޖުމްލަ 288 ގްރާމް ހުރިކަމަށެވެ.
އެ މައްސަލާގައި ޝާމިލްވާ މީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގްކުރުމަށް ޓަކައި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.