އެމްޓީސީސީ ވިލިމާލެ ފެރީއަކާ އެއާޕޯޓް ފެރީއެއް ޖެހި ދެމީހަކު ހޭނެތިއްޖެއެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގީ މިއަދު ހަވީރު 4:40 އެހައިކަންހާއިރު ވިލިމާލެ އާއި މާލޭގެ މެދަކާ ހިސާބުން ކަމަށެވެ. ހޭނެތުނު ނަމަވެސް ދެ މީހުންނަށް ބޭރުފުށުން އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި ތިން އަހަރުގެ ކުއްޖެއްގެ ވާތު އަތަށް ތަދުވެ އަދި ކަނާތު ފައިގެ ހަން މަށައިގެން ގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި އެމްޓީސީސީ ފެރީގެ ކައްޕިއާއި އިތުރު އަންހެނަކަށް ވެސް ޝޮކެއް ޖެހި ހޭނެތިގެން މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ކަމަށް ފުލުހުން ބުނެއެވެ.